މާވަށު ދާއިރާގެ މެންބަރ މުހައްމަދު ސައީދު
މާވަށު ދާއިރާގެ މެންބަރ މުހައްމަދު ސައީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަހުލާގެއް ނެތް ކަމަށް ބުނެ އިސްލާހު ވުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެންބަރ މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު ވަހީދަށް ފުރައްސާރަކުރުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ކުރީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ވަހީދު ވަނީ އެމްޑީޕީ ސަރުކާރު ބަޣާވާތަކުން ބަދަލުކުރައްވާފައި ކަމަށެވެ. އަދި އިންތިހާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން ދެކޭ ކަމަށާއި، އެހެން ކަމުން ވަރަށް ގިނަ ރައްޔިތުންނަށް ކުރީގެ "ނައިބު ރައީސް ފެނުމުން ބާޣީއޭ ގޮވޭ" ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ  އުސްފަސްގަނޑު ސަރަހައްދުގައި އެމްޑީޕީގެ އެކްޓިވިސްޓަކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަނާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން އަށް ބާޣީ އަށް ގޮވައި ފުރައްސާރަކުރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ކުރެއްވި ޓްވީޓެއްގައި، މިއީ މިގައުމުގައި ވެރިކަންކޮށް އަދި މިއަދުވެސް ވެރިކަންކުރަމުން އަންނަ ޕާޓީގެ ރައީސަކަށް ހުންނަވައިގެން، ރައްޔިތުންގެ އެންމެ މަތީ މަޖިލީހުގެ ވެސް ރައީސަކަށް ހުންނަވާ ފަރާތުގެ އަހުލާގީ މިންގަނޑު ކަމުގައި ވިދާޅުވެ ސުވާލު އުފައްދަވާފައި ވެއެވެ. އަދި ރައީސް ނަޝީދު އިސްލާހުވެ ވަޑައިގެންނެވުމަށް ސަޢީދު ވަނީ ގޮވާލާލައްވާފައެވެ.

ރައީސް ޑރ. ވަހީދަށް ބާޣީ އޭ ގޮވޭނެ ކަމަށް ވިދާޅުވެ އެކަން ކުރާ ފަރާތްތަކަށް ރައީސް ނަޝީދު ހިތްވަރު ދެއްވި ނަމަވެސް އެ ހާދިސާ އާއި ގުޅިގެން ރައީސް ސޯލިހް ވަނީ ރައީސް ވަހީދާއި ފޯނުން ގުޅުއްވައި އެމަނިކުފާނުގެ ހާލު ބައްލަވާލައްވާފައެވެ.

މިހާދިސާއަށްފަހު އެމްޑީޕީގެ މެންބަރުންގެ ބަހުގެ ހަމަލާތަށް ރައީސް ޑރ. ވަހީދަށް އަމާޒުވެ ބޮޑު އަރައިރުމަކަށް ވެފައިވާއިރު ދެފަރާތުގެ އާއިލީ ބޭފުޅުންނާއި ސަޕޯޓަރުންގެ މެދުގައި ވެސް ވަނީ ބަހުގެ ހަމަލާތައް ވަރުގަދަވެ އެއްފަރާތުން އަނެއް ފަރާތަށް "ބާޣީ" އަށް ގޮވުމުގެ ވާދަވެރި ހަނގުރާމައެއް ފެށިފައެވެ. އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގައިވެސް މިއަދު ހިނގަމުންދަނީ އެބަހުސެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަހުމަދުނަސީމު

16-Jun-2020

ތެދެއް. ރަގަޅުއަޚުލާގު ހުންނަ މީހުންނަކީ ބޮޑެތި ފިރިހެނުން ފެނުނީމަ ފިނިފެންމަލެކޭ ކިޔާ ޖިންސީފުރައްސާރަކުރާ އެއްޖިންސުން ގުޚުންހިންގުމަށް ހިތްކިޔާމީހުންބާ!



ޓްރެންޑިން