ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަނަށް، ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލުމަށާއި އެތައް ރައްޔިތަކަށް އަނިޔާ ދިން ކަމުގެ ތުހުމަތުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުން ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިކަމަށް ގޮވާލީ ކުރީގެ ރައީސް ޑރ. ވަހީދާއި މަގުމަތިން ދިމާކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، އެކަމާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރަމުންނެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންވަނީ 7 ފެބްރުއަރީއާއި، ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ކަންކަން ބަލައި ތަހުޤީޤު ކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ނުހައްގުން އަނިޔާލިބުނު އެތައް ރައްޔިތުންނަށް އިންސާފު ހޯދައިދީ ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް މެމްބަރުންވަނީ ގޮވާލައްވާފައެވެ. އަދި މިއަދު ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ދީފައިވަނީ ނުހައްގުން ކޮށްފައިވާ މިފަދަ އަނިޔާތައް ބަލައި ތަޙުޤީގުކޮށް އިންސާފު ޤާއިމްކުރުމަށް ކަމުގައިވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ވަހީދު ކުރި އަނިޔާތަކަށް މައާފެއް ނެތް ކަމަށާއި، ވަހީދަކީ ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި އަދި އެތައް ރައްޔިތަކަށް އަނިޔާ ދީފައިވާތީ އެމަނިކުފާނަށް އެ ލިބިދޭ އިނާޔަތްތައް ހައްގު ނޫން ކަމަށެވެ.
"ބަޣާވާތާ ހަމައިން (ފުލުހުންގެ) ތަހުގީގު ހުއްޓާލައިގެން ނުވާނެ. ރައްޔިތުންގެ ވޯޓަކުން އިންތިހާބުވި ވެރިއެއް ނޫން. ރައްޔިތުންނަށް އެތައް އަނިޔާއެއް ދީފައި ހުރި މީހަކަށް، ދިވެހިން ވެރިންނަށް ހައްގު އިނާޔަތް ދިނުމަށް އަޅުގަނޑަކަށް ނުފެނޭ." އީވާ ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ލިބިދޭ އިނާޔަތްތަކާއި ބޮޑު އޮފީސްތައް ހިންގުމުގެ ހައްގު ރައީސް ވަހީދަށް ލިބިގެން ނުވާނެ ކަމަށެވެ. އަދި ރައީސް ވަހީދު އާންމު ރައްޔިތަކާއި މެދު އިތުރުފުޅު ހައްދަވާފައިވާތީ ވަގުތުން އެމަނިކުފާނު ހައްޔަރުކުރުމަށް ހަސަންޓޭ ގޮވާލެއްވިއެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސްގެ ވާހަކައިގައި، އިންތިހާބަކާ ނުލައި ވެރިކަމަށް ވަޑައިގަތުމުގެ އިތުރަށް ކަނޑައެޅިފައިވާ ރިޔާސީ ދައުރުގެ އިތުރަށް އެއް ހަފުތާއަށް ވެސް ވަހީދު ވެރިކަމުގައި ހުންނެވި ކަން ވަނީ ފާހަގަކުރައްވާފައެވެ. މި ދެ ކަންތައް ވެސް ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށާއި، އެހެންކަމުން ވަހީދަށް ލިބިދޭ އިނާޔަތްތައް ކަނޑާލަން ޔޫނުސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ޑރ. މުހަންމަދު ވަހީދަކީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ނާއިބް ރައީސެެވެ. ވަހީދަށް ވެރިކަން ލިބިވަޑައިގަތީ ދައުރު ހަމަނުވަނީސް ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް މެދުވެރިވި ކަންކަމާއި އަދި ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަކީ ގެނައި ބަޣާވާތެއްގެ ގޮތުގައި ރައީސް ނަޝީދާއި އެމްޑީޕީގެ އިސްބޭފުޅުން ސިފަކުރެއެވެ.
ރައީސް ނަޝީދު އިސްތިއުފާދެއްވުމާއި ގުޅިގެން ޖެހިގެންއައި، 2012 ފެބުރުއަރީ 8 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ގިނަ ބަޔަކަށް އަނިޔާވެފައިވެއެވެ. ޢެ ހަމަނުޖެހުންތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރުގެ އެކި އިދާރާތަކާއި އަގުބެތި މުދަލުގައި އެމްޑީޕީގެ މެމްބަރުން ވަނީ ހުޅުޖަހައި ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
7 ފެބްރުއަރީގެ ހާދިސާއާއި ގުޅުން ހުރި ހުރިހާ އިސް ބޭފުޅުން ގުޅިގެން އުފައްދާފައިވާ ސަރުކާރުން ވެރިކަމަށް އައިސް އެންމެ ފުރަތަމަ އެކުލަވާލި ކޮމިޝަން ތަކުގެ ތެރޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހިނގާފައިވާ ކަންކަން ބެލުމަށް އުފައްދާ ފައިވާ ކޮމިޝަނެއްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު