އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނިޔާޒް، އިދިކޮޅު ޕީޕީއެމަށް ސޮއިކޮށްފިއެވެ.
ނިޔާޒް ޕީޕީއެމަށް ސޮއި ކުރީ ރޭ އެޕާޓީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައެެެވެ. ނިޔާޒް ޕީޕިއެމް އަށް ސޮއިކުރި ފޯމާއި ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ބައެެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ އެމްޑީޕީން ވަކިވާން ނިންމި ސަބަބުތަކުގެ ތެރޭގައި ވައުދުތައް ނުފުއްދި، މަރުތަކަށް އިންސާފު ނުހޯދި، ރަސޫލާއަށް ފުރައްސާކޮށް ދީނަށް ހަޖޫ ޖަހާ މީހުންގެ ހިމާޔަތުގައި ސަރުކާރުން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.
ނިޔާޒު ޕީޕީއެމަށް ސޮއި ކުރުމުން މިހާރު އޭނާ ހުރި ސިޔާސީ މަގާމުން މަގާމުން އިއްޔެ ވަނީ ވަކިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ނިޔާޒަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން ނިޔާޒު ވަކިކުރައްވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު