ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)
ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)
ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ގޮތް ރައްޔިތުންގެ މަޖިލީހުން ބަލައި ތަހުގީގު ކުރުމަށް، ސަންސެޓް ގާނޫނެއް އެކުލަވާލަންޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. ވަހީދަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާދިން ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވީ ކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ސައްލެ ވިދާޅުވީ ވެރިކަން ބަދަލުވި މައްސަލަ ތަހުގީގު ކުރި ނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ (ކޯނި) ގެ ރިޕޯޓު މީގެ ކުރިން ރައީސް ނަޝީދު ބަލައިގަތީ މަސްލަހަތަށްޓަކައި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން އެ ރިޕޯޓު ބަލައިނުގަންނަ ކަން ފާހަގަކުރައްވަމުން ސައްލެ ވިދާޅުވީ އެއީ މުރާޖައާ ކުރަން ޖެހޭ ރިޕޯޓެއް ކަމަށެވެ.

މައްސަލަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށް ސައްލެ ވިދާޅުވި އެވެ. އެ މައްސަލައަށް އިންސާފު ގާއިމުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށް ސައްލެ ވިދާޅުވިއެވެ. އެހެން ގައުމުތަކުގައި ވެސް އިންސާފު ނުލިބި ދިގުދެމިގެންދާ މައްސަލަތައް ބަލަނީ ސަންސެޓް ގާނޫނަކުންކަން ފާހަގަކުރައްވައި އެ ކަން ކުރުމަށް ސައްލެ ވަނީ ގޮވާލައްވާފައެވެ.

"މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް މި މަޖިލީހުން ފާސްކުރަން ޖެހޭ. އެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ." ސައްލެ ވިދާޅުވި އެވެ.

ހަތެއް ފެބްރުއަރީގެ ހާދިސާ ވެފައި ވަނީ އަރަތެއް ފަދަ ހާދިސާއަކަށް ކަމަށާއި، އެ ކަން ހިނގި ކަމުގެ އެތައް ހެކިންތަކެއް ރާއްޖޭގައި އެބަ ތިބި ކަމަށް ސައްލެ ވިދާޅުވި އެވެ. އެ ގޮތުން މަޖިލީހަށް އެކަނި ބެލިޔަސް، އޭގެ އަނިޔާ ލިބުނު ފަރާތްތަކާއި އެ ކަމުގައި ބައިވެރިވި ފަރާތްތައް އެބަ ތިއްބެވި ކަމަށް ސައްލެ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން