އަދާލަތު ޕާޓީގެ އިލްމްވެރިން މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން
އަދާލަތު ޕާޓީގެ އިލްމްވެރިން މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން
އިސްލާމްދީނަށްވުރެ އިންސާނިއްޔަތުކަން އިސްކުރަނީ ކޮން މަގުސަދެއްގައިތޯ ވިދާޅުވެ އަދާލަތު ޕާޓީގެ އިލްމްވެރިން މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރިއަށް ގެންދާ ފުލުހުންގެ ބިލްގައި އިސްލާމްދީން ހިމާޔަތް ކުރުމުގެ ވާހަކައިގެ ކުރިން އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ވާހަކަ ގެންނާތީ، ބައެއް ފަރާތްތަކުން އެކަން ފާހަގަކޮށް މީސް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިމައްސަލައަށް އިޝާރާތް ކުރައްވައި، މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިހް އިލްޔާސް ހުސައިން ކުރެއްވި ޓުވީޓެއްގައި، އިސްލާމްދީނާއި ދީނުގެ ހުކުމްތަކަށް މަލާމަތްކޮށް ކީރިތި ޤުރުއާނާ ލޮބުވެތި ރަސޫލާގެ ސުންނަތް ނޫން އެހެން އެއްޗެއް ހޯދަން އުޅުމަކީ ދިވެހި އެންމެހާ ރަައްޔިތުން ދެކޮޅު ހަދާނެ ކަމެއް ކަން ހަދާންނެތުނީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައި ވެއެވެ.

"އިސްލާމްދީނަށް ވުރެ އިންސާނިއްޔަތު ކަން އިސްކުރަނީ ކޮން މަގުސަދެއްގައިތޯ؟" ޝައިޚް އިލްޔާސް ސުވާލު ކުރައްވާފައި ވެއެވެ.

ފުލުހުންގެ ބިލަކީ ރާއްޖޭގެ ޤަޥުމިއްޔަތު، ލާދީނިއްޔަތަށް އަނބުރައިލުމަށް ކަޅިކުރެވޭ މަންތަރެއްކަމުގައި ސަލަފް ޖަމިއްޔާއިން ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިން ވެސް ވަނީ ފުލުހުންގެ ބިލުގައިވާ ހުވާގެ އިބާރާތް ބަދަލުކޮށްފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހާރު ބަދަލުކޮށްފައި އޮތް ފުލުހުންގެ ބިލުގައި، ފުލުހުންގެ ހުވާގައި ބުނެފައި އޮންނަނީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް، ދިވެހި ފުލުހެއްގެ މަޤާމުގައި ހުރެ ޚިދުމަތްކުރާނީ، އިންސާނީ ޙައްޤު ހިމާޔަތްކޮށް ކުރިއެރުވުމުގައި އިސްނަގާ މަސައްކަތްކުރާ މީހެއްގެ ހައިސިއްތުން ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ނުވަތަ ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ވިސްނުމެއްނެތި، އިސްލާމްދީނާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ޙުކުމްތައް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ނެގެހެއްޓުމަށާއި އަމަން ޤާއިމުކުރުމަށް ކަމަށެވެ. ކޮންމެ ޙާލަތަކާ ކުރިމަތިވިކަމުގައި ވީނަމަވެސް، ފުލުހެއްގެ މަޤާމު އަދާކުރާނީ، އެގޮތުގައި ހުރެކަމަށް މާތް ﷲ ގަންދީ ހުވާކޮށް، އެކަން އެގޮތުގައި ކުރުންމަތީ ދެމިހުރުމަށް އެކަލާނގެ ޙަޟްރަތުން އަހުރެން ވާގި އެދެމެވެ." މިފަދައިންނެވެ.


ކިޔުންތެރިންގެ ހިޔާލު


12

ދެނޯ

21-Jun-2020

ދެން ބޭބެ ކޮސްނުގޮވާ. ދުޢާ ދެއްވި ވެރިއެކޭ, އިސްލާމްދީން އޮންނާނީ ވަކިމީހަކު ވެރިކަމުގައި ހުރުމަކުން ނޫނޭ ބުނެ, ސީދާ ޔާމީނުގެ ވެރިކަން ވައްޓައިލާ މިހާރު އޮތް ވެރިކަން ގެނައުމުގެ އެއް މޭސްތިރިއަކީ ތި ބޭފުޅާ!


-2

އަހުމަދު

18-Jun-2020

ނޫން އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމަކާ ދެކޮޅު އެހެން ކަމުން ކަންކަން ކުރާ މޭހުންނަށް އަންގަން އެޖެހޭ ކަލޭމެން އެކި ގޮއިގޮތުން ނުސީދާކޮށް ކަންކަން ބަދަލް ކުރަން އުޅުނަސް ދިވެހި ރައްޔިތުން ތިބީ ހޭލާ / ނުބައި ގޮތް ގޮތުން ރޭވުންތައް ރޭވިޔަސް އެނގޭނެވެ.ތިޔަހެން ކަންކަން ކުރަން އުޅޭތީ ތަން ތަނުން ވެއްޓެނީ އެކަންދަންނަންޖެހޭނެ.


14

މުނީރު

17-Jun-2020

ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ކުރަންލާޒިމުކުރާ,ހުވައެއްގައި, ފުރަތަމަ އިސްލާމްދީން,ޙިމާޔަައްކުރާވާހަ ނެއްނަމަ އެގާނޫނު ތަޞްދީގުނުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދުޞާލިޙު އަރިޔަހުގައިދަންނަވަން.


18

ލއިލާ

17-Jun-2020

ބައްލަވާ ޝައިޚް! ކީރިތި ރަސޫލާ ދުޢަދެއްވިފަދަ ވެރިންގެ ވެރިކަމެއްނޫންތޯ މިއީ!!


0

ކަނނެލިއޮޑި

16-Jun-2020

ޟޭޚު އަދިދުނިޔޭގަޢި އަދިއެބަ އުޅުއްވާ ދެއްތޯ މިފަހަރަކީ އަންނީގެފަހަރު އެފުރުސަތު ދެއްވީޟޭޚުމެންމާތް ﷲ ގެ ހަޞުރަތުގައި ޖަވާބައްތައްޔާރުތޯ?


0

ކަނނެލިއޮޑި

16-Jun-2020

ޟޭޚު އަދިދުނިޔޭގަޢި އަދިއެބަ އުޅުއްވާ ދެއްތޯ މިފަހަރަކީ އަންނީގެފަހަރު އެފުރުސަތު ދެއްވީޟޭޚުމެންމާތް ﷲ ގެ ހަޞުރަތުގައި ޖަވާބައްތައްޔާރުތޯ?


5

ކަނނެލިއޮޑި

16-Jun-2020

ޟޭޚު އަދިދުނިޔޭގަޢި އަދިއެބަ އުޅުއްވާ ދެއްތޯ މިފަހަރަކީ އަންނީގެފަހަރު އެފުރުސަތު ދެއްވީޟޭޚުމެންމާތް ﷲ ގެ ހަޞުރަތުގައި ޖަވާބައްތައްޔާރުތޯ?



ޓްރެންޑިން