މިވަގުތަކީ ޖަޒުބާތުގައި ޖެހި ފުރައްސާރަ ކުރަންވީ ވަގުތު ނޫން ކަމަށާއި، މިއީ އެންމެން ގުޅިގެން ގައުމު ބިނާކުރަންވީ ވަގުތު ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދަށް އެމްޑީޕީގެ އެކްޓިވިސްޓަކު މަގުމަތިން ފުރައްސާރަކޮށް ޑރ. ވަހީދާ މުހާތަބުކޮށް ގޮވި އެއްޗެއްސަށް ކުރީގެ ރައީސް ނަޝީދު ތާއިދުކުރައްވައި އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަހީދަށް ހަމަލާދިން ކަމަށް ބުނެ އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައިގެ ބަހުސްގައި، ވެރިކަން ބަދަލުވި ގޮތް އަލުން ތަހުގީގުކުރުމަށް ސަންސެޓް ގާނޫނެއް ގެންނަން އެމްޑީޕީގެ މެމްބަރުންވަނީ ގޮވާލައްވާފައެވެ. އަދި ބައެއް މެމްބަރުން ވަނީ ރައީސް ވަހީދުގެ އިނާޔަތްތައް ކަނޑާލާ އެމަނިކުފާނު ހައްޔަރުކުރުމަށް ވެސް ގޮވާލައްވާފައެވެ.
އެކަމާ ގުޅިގެން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރައީސް ސޯލިހާއެކު އެންމެން އެއްބައިވެ ގައުމު ބިނާކުރަން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. މިއީ ޖަޒުބާތުގައި ޖެހިގެން ފުރައްސާރަ ކުރުން އާންމުކުރަންވީ ވަގުތު ނޫން ކަމަށް ސައުދު ވިދާޅުވިއެވެ.
"ވެރިކަމަށް އައުމަށް މަސައްކަތް ކުރަންވާނީ ގައުމު ބިނާކުރުމުގެ ރިވެތި ނަމޫނާއާއެކު ވީރާނާ ކުރުމުގެ ނަމޫނާ ދައްކައިގެނެއް ނޫން." ސައުދު ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ހިންގި އިސްލާހީ ހަރަކާތުގައި އިސްރޯލެއް އަދާކުރެއްވި ސައުދު އިތުރަށް ވިދާޅުވީ ސިޔާސީ ހަރަކާތްތަކުން ގެނެވުނު އިސްލާހާއި ވީ ރަނގަޅަށްވުރެ ގައުމަށް ލިބުނު އިޖްތިމާއީ އަދި އިގްތިސާދީ ގެއްލުން ވަކި ކުޑައެއް ނޫން ކަމަށެވެ.
"މިއީ އެ ގެއްލުންތަކުން ގައުމު އަރައިގަތުމަށް ސިޔާސީ އިސްވެރިން ދަރާފައިވާ ޚިދުމަތުގެ ދަރަނި އަދާކުރަންވީ ވަގުތެވެ." ސައުދުގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު