ރައީސް މުޙައްމަދު ނަޝީދު
ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ދީނަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ވާހަކަ ދައްކާފައިވާ ވީޑީއޯގެ މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދިއުމަށް އެމަނިކުފާނު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުހަންމަދު ނަޝީދު ދީނަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ވާހަކަ ދެއްކި ވީޑީއޯގެ މައްސަލަ ފުލުހުންގެ އިދާރަ އަށް ހުށައެޅީ މަޖިލީހުގެ އިދާރާ އިންނެވެ. އެމައްސަލަ ފުލުހުން މިހާރު ވަނީ ބަލަން ފަށާފައެވެ.

މިވީޑިޔޯ ތައްޔާރުކޮށް އެންމެ ފުރަތަމަ މީސްމީޑިޔާގައި ޢާންމު ކުރެއްވީ މިހާރުގެ ހޯމް މިނިސްޓަރު ކަމަށްވާއިރު އެމައްސަލަ ތަޙުޤީޤުކުރެވޭނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ޙަޤީޤަތުގައި އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެވީޑިޔޯގެ މައްސަލަ ނުބެލުން ކަމަށެވެ.ހަމައެހެންމެ އިމްރާނު ވަޒީރުކަމުގެ އަޚުލާޤާއި މަސައްކަތުގެ ސުލޫކާމެދު އެއްވެސް ޝައްކެއް ނެތް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމައްސަލަ ނުބެލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ފާޑުކިޔުން އެއީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާތީ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

"މައްސަލައެއް ނެތޭ މީހަކު އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެލިއެއް ކަމަކު. އަދި އަޅުގަނޑުމެން ރާއްޖޭގެ މަގުމަތީ މާލޭ މަގުމަތީ ހިނގައިބިގައިވެ މިއުޅެނީ އަބަދުމެ، ގޮވާކަ އެއްޗެހި މަދެއް ނޫނެއްނޫންތޯ؟ އެކަމަކާއިގެން ދެފައި އެއްތާ ނުޖެހިގެން އަޅުގަނޑެއް ނޫޅެން." މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ


ކިޔުންތެރިންގެ ހިޔާލު


23

ޙަވީރު

16-Jun-2020

ދައުވާ ކުރިއަސް ނުކުރިއަސް ރައީސް ނަސީދު ދީނަށް ފުރައްސާރަކުރި



ޓްރެންޑިން