ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުންކަން ނުވަތަ ނޫންކަން ނިމިގެން ދާނީ ރައްޔިތުންގެ މަޖިލީހުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވިގޮތާއި ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ކަމަށެވެ. މަޖިލީހުގެ މެންބަރުން އެމައްސަލަ ބައްލަވައި ގޮތެއް ނިންމަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެހެން ކަމުން އެއީ ބަޣާވާތަކުންތޯ ނުވަތަ ނޫންތޯ، ނިމިގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެ ނިންމެވުމުގެ މައްޗަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައީ، ބަޣާވާތަކުން ނޫން ކަމަށް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އައި އިރުވެސް ކަނޑައަޅާފައިނުވާ ކަން ރައީސް ނަޝީދު މިއަދު ވަނީ ފާހަަގަކުރައްވާފައެވެ.

"ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައިވެސް މިކަމަކީ ބަޣާވާތެއް ނޫން ކަމަށް ނިންމާފައެއް ނުވޭ. ދެން އަސްލު ހިނގައިދިޔަގޮތް މިރާއްޖޭގެ އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނުވާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޑރ. ވަހީދަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާދިން ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވީ ކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ސައްލެ ވަނީ، އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވީ ބަޣާވާތަކުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ސަންސެންޓް ގާނޫނެއް ހެދުމަށް ހުށައަޅުއްވާފައެވެ.

ރައީސް މުޙަންމަދު ނަޝީދުގެ ކުރީގެ ނައިބް ރައީސަކީ ބަޣާވާތަކުން އެމްޑީޕީގެ ސަރުކާރު ބަދަލު ކުރައްވައި އިންތިޚާބުނުވެ ރައީސްކަންކުރެއްވި ބޭފުޅެއްކަމަށް ގިނަ ރައްޔިތުން ދެކޭތީ އެމަނިކުފާނު ފެނުމުން ވަރަށް ގިނަ މީހުންނަށް "ބާޣީ" އޭ ގޮވޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ޖައުފަރު

16-Jun-2020

ހެޔޮނުވާނެ ކެނެރީގެ ތެރެއިން ތިޔަކަން ނިންމަވާ ތިޔަދައްކަވަނީ މަނިކުފާނުގެ ހުދުމުހުތާރު ސިފަފުޅު



ޓްރެންޑިން