ކޯވިޑްް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ފުލުހުން ގޭގެއަށް ތަކެތި އުލައިދެނީ
ކޯވިޑްް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ފުލުހުން ގޭގެއަށް ތަކެތި އުލައިދެނީ
ފުލުހުންނަކީ އަނިޔާވެރި "ކުއްތާ" ތަކެއްގެ ގޮތުގައި އެމްޑީޕީގެ މެންބަރުން ސިފަ ކުރުމުން، މުޅި މުއައްސަސާ ގޯސް ނުކުރެވޭނެ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފުލުހުންގެ ދިފާޢުގައި ވާހަކަ ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފުލުހުން ރައްޔިތުންނަށް އަނިޔާވެރިވާ ކަމަށް ވިދާޅުވެ އެއީ "ކުއްތާ" ތަކެއްގޮތަށް ރައްޔިތުންގެ ގަޔަށް އަރައިގަންނަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައްޔިތުން މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާ މެންބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ ދިވެހި ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް، އެމީހުން މަގުމައްޗަށް ނެރެންވީ ކާކީ ކުލައިގެ ސޯޓާއި ދިގު އިސްޓާކީނު ލައްވައިގެން ކަމަށެވެ.

އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ފުލުހުން، ސިފައިން އަދި މަޖިލިސް ވިޔަސް އެތަނެއްގައި އުޅޭ އެންމެން ގޯސް ނުވާނެ ކަމަށެވެ. މުޅި މުވައްސަސާ ގޯސް ކުރުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ނިޒާމް ވަރުގަދަކޮށް ފިޔަވަޅު އަޅަންޖެހޭ ބަޔަކަށް ފިޔަވަޅު އެޅުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މުޅި މުވައްސަސާ ގޯސްކޮށްފައި ވާހަކަ ދެއްކުން ގޯސް." ރޮޒައިނާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ފުލުހުންނަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންނަށް އަނިޔާކުރި ބައެއް ކަމަށާއި، އެއަނިޔާއާ ގުޅިގެން ފުލުހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ. އަދި ޖިނާއީ ބޮޑެތި ކުށްތައް ހިންގާ ފަރާތްތަކާއި ފުލުހުން ގުޅުން އޮންނަ ކަމުގެ  ތުހުމަތުވެސް ބައެއް މެމްބަރުން ވަނީ ކުރައްވާފައެވެ.

އެކަމާ ގުޅިގެން އޭސީޕީ ފައިރޫޝް ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ފުލުހުންނަކީ ކުއްތަކަށް އަރައިގަންނަ ބަޔެކޭ ނުބުނެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


13

އިބޫ

18-Jun-2020

ތިކަންތިހެންތިދިމާވަނީސަރިޔަތްތަންފީޒުކުރަންމަޖުބޫރުކުރާ ބަޔަކަށްވާތީ އަދިކުއްކުރީމަ ކުއްކުރާ މީހާއަށް ފުލުހުން އަދަބު ދޭތީ އެމްޑީޕީގެމެންބަރުންގެތެރޭގަބާވަރުއެބައުޅޭ ކުއްކުރިޔަސް އަދަބުދީގެންނުވާނެކަމަށް ގަބޫލުކުރާމީހުން މީހަޤީގަތަކީ އެކަމަކުއެހެންނެއްނުވާނެދޯ ކުއްކުރީމަ މަށަކަސް ކޮމްމެމީހަކަސް އަދަބު އޮންނަންޖެހޭނެ


5

ޢާދަނު

17-Jun-2020

ޢެމްޑީޕީ ގެ ލީޑަރޝިޕް އަށާއި އެމްޑީޕީގެ މެންބަރުންނަށް އެމްއެންޑީއެފް އާއި ދިވެހި ފުލުހުން ކަމުދިއަ އެއްވެސް ދުވަސް ވަރެއް އައިތޯ ބަލާ ލައްވާ ތާރީހުން ފެބްނަން އޮތް ހަގީގަތަކީ އެމްޑީ ޕީ މެމްބަރުންޙިންނުރުހޭ ހުރިހާަ ވަގުތެއްގައި ޕްލިހުންނާއި ދިވެހި ސިފައިން ވެފައިވަނީ ކުއްތާ ތަކަކަށް ނުވަތަ އެހެންވެސް ޖަނަވަރާ ރަކަށް.


4

ދާރާސިންގް

17-Jun-2020

ތައުފީގް ފުލުހުންގެ އިދާރާއާ ހަވާލުވާންވީނު ތަހުޒީބު ކުރަން


-6

ވޯޓުވަގު

17-Jun-2020

މިނޫހުން ށާއިރުކުރަނީ ވަކިގޮތަކައް ވަކިމީހަކު ޕުރަމޯޓު ކުރީމާ އެނީހެއްގެ އަމިއްލަހިޔާލެ ފާޅުބުކުރެވޭކަން ފާހަގަކޮއްލަން މި ނޫހުގެ ވެރިފަރާތަކީ ވަރައްގާއެކުވެރިއެއް އެކަމްހަގީގަތަކީމީ


-10

ތައުފީގު

16-Jun-2020

ފުލުހުންނަކީ މިހާތަނަށް ކުށްތަކަށް މަގުފަހިކުރާ އަދި އަމިލައްލަޔަށް ކުށްތައް އުފައްދާ މުޅި ރައްޔިތުންނަކީ ކުށްވެރީންކަމަށް ހަދަން މަސަކަތްކުރާ ޝަގާފަތެއް ގެންގުޅޭ ނާތަހުޒީބު ބައެއް..



ޓްރެންޑިން