ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން
ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން
ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފުރައްސާރަ ކުރުމަށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން އެދެމުންދާތީ އެކަމާ ހިތާމަކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހަންމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓަކު ދިމާކޮށްލައި، "ބާޣީ" އަށް ގޮވާފައި ނުވާކަމަށާއި، އެމަނިކުފާނަށް އަމާޒުކޮށް ގޮވީ، ހުތުރު އެހެން ބަސްތަކެއް ކަމަށެވެ. ޑރ. ވަހީދު ވަނީ، ޖައުފަރު "ބާޣީ" އޭ ބުނުމުން އެމަނިކުފާނު އެ މައްސަލަ ބޮޑުކޮށްލައިގެން މައްސަލަ ހުށަހަޅުއްވައިގެން އުޅުއްވަނީ ކަމަށް ދޭހަވާ ފަދަ ގޮތަކަށް މެމްބަރުން ދެއްކެވި ވާހަކަތައް މިއަދު ދޮގުކުރައްވައިފައެވެ.

"ފުރަތަމަ ކަމަކަށް، އަޅުގަނޑާ ދިމާލަށް ޖައުފަރު 'ބާޣީ' އޭ ބުނި ހަނދާނެއް ނުވޭ. އެކަމަކު އަޅުގަނޑާ ދިމާލަށް "ހރމ ބކރ'" އަދި "ގައުމު ބަނޑު އަޅާލި ވަގު" ފަދަ އެއްޗެހި ކީ އަޑު އެހިން." ރައީސް ވަހީދު ވިދާޅުވިއެވެ.



ޑރ. ވަހީދު ވިދާޅުވީ އެއީ އެއްވެސް ސާބިތުހިފޭ ވާހަކަތަކެއް ނޫން ކަމަށާއި، ޖައުފަރާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހަޅުއްވާފައިވެސް ނުވާނެ ކަމަށެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް އަހްމަދާ މާބޮޑަށް ކައިރިވެ، އެކަމަނާގެ "ޕާސަނަލް ސްޕޭސް" އަށް ޖައުފަރު ވަދެފައިވާ ކަމަށް ވެސް ޑރ. ވަހީދު ފާހަގަކުރެއްވިއެވެ.

"ގާނޫނު ހެދުމާއި ނެގެހެއްޓުމުގެ ޒިންމާ އެޅިފައިވާ މަޖިލީހުގެ ރައީސް އާއި މެމްބަރުން، އެ ގާނޫނުތައް މުގުރައި އަޅުގަނޑަށް ފުރައްސާރަކުރަން ދިވެހި ރައްޔިތުންްގެ ކިބައިން އެދެމުން އަންނާތީ ހިތާމަކުރަން." ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވަނީ، މިއަދު މަޖިލީހުގައި އެމަނިކުފާނާއި ބެހޭގޮތުން ބަހުސް ކުރައްވައި މެންބަރުން ބޭކާރު ގޮތުގައި ވަގުތު ނަގާލާފައިކަމަށް ސިފަކުރައްވާފައެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަނަށް، ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލުމަށާއި އެތައް ރައްޔިތަކަށް އަނިޔާ ދިން ކަމުގެ ތުހުމަތުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުން މިއަދު ވަނީ ގޮވާލައްވާފައެވެ. އަދި ޑރ. ވަހީދާއި ދިމާއަށް ބާޣީ އަށް ގޮވުމަށް ބައެއް މެމްބަރުން ވަނީ ހިތްވަރު ދެެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހަސަނު

16-Jun-2020

ކަލޭ މަ ކަންތައް ބޮޑުކުރީމަ އަތައް ގޮވީ


3

ރަށުމީހާ

16-Jun-2020

މިކަމުގައި ޖައުފަރަށް ވ ޝުކުރުވެރިވަން. މީނާއަކީ ކީއްކޮށްގެންހުރި ކާކުކަން އަންނަންއޮތް ޖީލުތަކައްވެސް އަންގައިދޭންޖެހޭ. ހަމަގައިމު އަޅުގަނޑުގެ ތުއްތު ކުދިންކޮޅައްވެސް މިނޫންގޮތަކަށް މީނާއެނގޭކަށް ހަމަގައިމުވެސް އަޅުގަނޑު ބޭނުމެއްނޫން. ކޯނީ ރިޕޯރޓް ގައި ކޮންމެ އެއްޗެއްއޮތަސް އަހަރުމެންގެ ލޮލުންދުށް ކަންކަން އޮޅުވައެއްނުލެވޭނެ. އަހަރުމެނަށް ލިބުނު އަނިޔާވެސް ހަނދާނެއް ނުނެތޭނެ.



ޓްރެންޑިން