އޭސީޕީ ފައިރޫޝު ފުލުހުންގެ އޮފިސަރަކަށް އިރުޝާދު ދެއްވަނީ
އޭސީޕީ ފައިރޫޝު ފުލުހުންގެ އޮފިސަރަކަށް އިރުޝާދު ދެއްވަނީ
ފުލުހުންނަށް ފާޑުކިޔައި އެމްޑީޕީ މަޖިލިސް މެންބަރުން ދެއްކެވި ވާހަކަތަކަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ވަރަށް ބަލިކަށި ނުސީދާ ރައްދެެއް ދެއްވައިފިއެވެ.

ޑރ. ފައިރޫޝް މިހެން ވިދާޅުވެފައި މިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ބިލުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީ މަޖިލިސް މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ފުލުހުންނަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

އެގޮތުން އެމްޑީޕީގެ ބައެއް މެންބަރުންވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް ކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓަކާއި ދިގު އިސްޓާކީނު ލައްވައި ދަނޑިބުރިއެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މަޖިލިހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު ވަނީ މިއަދު ގޮވާލައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާގައި ހަރުކަށި ފިކުރުގެ މީހުންނާއި އެމްއެމްޕީއާރުސީގެ ވައްކަމުގައި ބައިވެރިވި މީހުން ތިބި ކަމަށް މަޖިލިހުގެ ގިނަ ޢަދަދެއްގެ މެންބަރުން ތުހުމަތުކުރައްވާފައިވެއެވެ. 

އެކަމަށް ވަރަށް ނުސީދާގޮތެއްގައި ރައްދު ދެއްވަމުން އޭސީޕީ ޑރ.އަބުދު ﷲ ފައިރޫޝް ވިދާޅުވީ ޢާންމު މަޤާމުތަކުގައި ތިބޭ މީހުން، ފުލުހުންނަކީ ކުށްވެރި ބައެއްގެ ގޮތުގައި ނަންކޮށް އަބަދު އެއްޗެހި ގޮވުމަކީ އެކަމުގެ ސަބަބުން  ފުލުހުންނާމެދު އޮންނަ އިތުބާރު އެކަނި ނެތިގެންދާ  ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ދާއިމީކޮށް ފުލުހުންނަށް އެއްޗެހި ކިއުމަކީ ފުލުސް އޮފިސަރުންގެ ހިތްވަރު އެލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންނަށް މަގުދައްކައިދީ ޖަވާބުދާރީވުން ކަށަވަރުކޮށްދެއްވާ، އެއީ އެންމެ ރަނގަޅު ގޮތް." މިއަދު މަޖިލީހުގައި ހިނގާ ދިޔަ ކަންކަމަށް ރައްދުވާ ގޮތަށް ޑރ.ފައިރޫޝް ވިދާޅުވިއެވެ.

މިއަދު އެމްޑީޕީގެ މެންބަރުން ފުލުހުން ސިފަކޮށްފައިވަނީ އަނިޔާވެރި "ކުއްތާ" ތަކެއް އިންސާނުންގެ ގަޔަށް އަރައިގަންނަ ގޮތަށް އަރައިގަންނަ ބައެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ދދދދ

21-Jun-2020

އެންމެންވެސް ތިބެނީ އަނގަ ހުޅުވަން ބިރުން. ކުއްތާ ބައިގަނޑު އަރައިގެންފާނެތީ. އަނިޔާވެރި ވަކިތަކެއް ދަށުވެ ހަފުސްވެފަ ގައުމު މިއޮތީ.


22

ރަށުމީހާ

21-Jun-2020

ސަރުކާރެއް ބަދަލުވުމާ ފުލުހުންނާ ގުޅުމެއް ހުންނާކަށް ޖެހޭކަމަކަށް ނުދެކެން. އެހެނަސް އެއްވެސް ސަރުކާރެްގެ ދުވަސްވަރެްގައިވެސް ފުލުހުންގެ މަސައަކަތެް ބަލައެއް ނުގަންނަން. ފުލުހުންގެ ފަރާތުން ލިނުބު ގެއްލުން ގިނަގުނަ. އެކަން ހަނދާނެއް ނުފިލާނެ. މާފެއްވެސް ނުކުރާނަން. ބަދަލުވެސް ބޭނުން. މަގޭ ފަރާތުން މިވީހިސާބައް މީހަކަށް އަނިޔާއެއް ލިބިފައި ނުވާނެ. ނަމަވެސް އަހަރުމެނަށް އަނިޔާދުން ފުލުހުންނަށް ކޮނމެސް ގޮތަކުން އޭގެ ބަދަލު ލިބެން ބޭނުން. ދެން އާއްމުކޮށް ބުނެއުޅެނީ ގޭގައި އޮށްވައިހޭ އަނިޔާކުރީ? ނޫން ގޭގައިއޮށްވައެއް ނޫން. އޮށްނާކައް ނުވެސްޖެހޭ. ދިވެހިރާއްޖޭގެ ގާނޫނުތަކުންލިބޭ ހައްގުތަކުގެ ބޭނުންކުރީތީ އަނިޔާލިބޭކަށް ނުޖެހޭ. މަގުމަތީގައި އިިހްތިޖާޖް ކުރީމައި އައިސް ތަޅާތިރިކުރާކަށް ނުޖެހޭ. ކުރިންބުނި ވެރިކަން ބަދަލުވުމުން ފުލުހުންގެ ހިދުމަތައް ބަދަލުއަންނަން ނުޖެހޭ ވާހަކަ އަންނަނީ މިހިސާބުން. ނިމިދިޔާ ވެރިކަމުގެ ފަހުކޮޅުގައި އާރޓިފިޝަލްބީޗް ސަރަހައްދައް ވަނުމަކީވެސް ދަތިކަމެއް. ނުވަދހެވެނީސް ހިފަހައްޓާ ތަޅާ ހައްޔަރު ކުރޭ. ހައްޔަރު ކުރިއަދަދު ނޫސްވެރިންނަށް އިނގޭނެ. ނަމަވެސް މިބުނާ ދުވަސްވަރު ވެރިކަމުގައިހުރި ބޭފުޅާގެ މައަޗައް ހުކުމެއްކޮށަ ޖަލަށްލެވުނީމައި ހަމަ އެސަރަހައްދު ތަކުގައި އެއްވެ ރޭގޭ އެތައް ދަމެއްވަންދެން މުޒާހިރާ ނުކުރޭތޯ? މާލޭޖަލުސަރަހައްދަށް އެއްނުވޭތޯ? ހައަޔަރުކުރީ ކިތައްމީހުންތޯ? އެއްވެސްމީހެއްގެ މައްޗަށް ދައުވާއުފުލުނުތޯ? ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާބޮޑުބަދަލެއް އަނަނަން ޖެހޭތޯ? މީ ވަރަށްކުޑް މިސާލެއް. ދިވެހި ފލުހުންނަކީ ވާހަކަދައްކަންވެސް ހެޔޮވާވަރު ބައެއް ނޫން.


11

ޒަރީރު

16-Jun-2020

މަޖިލިސް ތެރެއަށް ތަންދޮރު ނޭނގޭ ގަމާރުން ވެއްދިމަ ވާނެ ހައެތިޔަވަނި އަންނި ގެ ޑުރާމާ


5

ޙަބީ

16-Jun-2020

ފުލުހުންގެ ބައެއް ބޭފުޅުންނައް މީހުންނާ ރީތިކޮއް މުހާތަބު ކުރަންވެސް ނޭނގޭ.. ވަރައް ދެރަކަމެއްމީ އަޅުގަނޑު ނުބުނަން ހުރިހާ އެންމެންނެކޭ އެކަމް ބައެއް ފުލުހުންނައް ނޭނގޭ މީހުންނައް އިހުތިރާމް ކުރާކައްވެސް ... މީވަރައް ދެރަކަމެއް މިގޮތައް އަހުލާގެއް ނެތް ފުލުހުންނައް ވެއްޖެ މިކަންކަން ރަނގަޅު ކުރުވަން..ފުރަތަމަ މިވަރުގެ މަގާމަކާ ހަވާލުވާ އިރުގަ އަދަބު ިހުތިރާމަކީ ކޮންއެއްޗެއް ކަން އެގެންވާނެ.. މަގުމަތިން ފެނިގެ ސުވާލެއް ކުރާ އިރުގަ ބޮޑެތި ކުއްކޮއްގެން ޖަލުގަ ތިބޭ މީހުންނާ މުހާތަބު ކުރާގޮތައް ވާހަކަ ދެއްކީމަ އެއީ ވަރައް ދަށުދަރަޖައިގެ އަމަލެއް... މީރަނގަޅު ކުރެވޭނެ ކަންކަން...


9

ޙަބީ

16-Jun-2020

ފުލުހުންގެ ބައެއް ބޭފުޅުންނައް މީހުންނާ ރީތިކޮއް މުހާތަބު ކުރަންވެސް ނޭނގޭ.. ވަރައް ދެރަކަމެއްމީ އަޅުގަނޑު ނުބުނަން ހުރިހާ އެންމެންނެކޭ އެކަމް ބައެއް ފުލުހުންނައް ނޭނގޭ މީހުންނައް އިހުތިރާމް ކުރާކައްވެސް ... މީވަރައް ދެރަކަމެއް މިގޮތައް އަހުލާގެއް ނެތް ފުލުހުންނައް ވެއްޖެ މިކަންކަން ރަނގަޅު ކުރުވަން..ފުރަތަމަ މިވަރުގެ މަގާމަކާ ހަވާލުވާ އިރުގަ އަދަބު ިހުތިރާމަކީ ކޮންއެއްޗެއް ކަން އެގެންވާނެ.. މަގުމަތިން ފެނިގެ ސުވާލެއް ކުރާ އިރުގަ ބޮޑެތި ކުއްކޮއްގެން ޖަލުގަ ތިބޭ މީހުންނާ މުހާތަބު ކުރާގޮތައް ވާހަކަ ދެއްކީމަ އެއީ ވަރައް ދަށުދަރަޖައިގެ އަމަލެއް... މީރަނގަޅު ކުރެވޭނެ ކަންކަން...



ޓްރެންޑިން