ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާއަތް ނުވަތަ މެރިޓައިމް ދާއިރާ ތަރައްގީ ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރު ކުރުމުގެ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްްޓަރ އަސްލަމް ވިދާޅުވީ ދިވެހިރާއްޖޭއަކީ މެރިޓައިމް ސިނާއަތް ކުރިއެރުވޭނެ ގައުމެއްކަމަށާއި އަދި މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ސިނާއަތަކަށް ހެދޭނެ ސިނާއަތެއްކަމަށެވެ.
"ކުރިން މިއީ ވަރުގަދަ ސިނާއަތެއް ރާއްޖޭގައި. ވަކި ހިސާބަކަށް ވަޅު ޖަހާލާފައި މިހާރު އެބަ ހީވޭ ކުރިއަރައިދާހެން. މި ސިނާއަތް ކުރިއެރުވޭނެ" މިނިސްްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މެރިޓައިމް ނުވަތަ ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާއަތަކީ ތިމާވެއްޓާއި ރަށްޓެހި ސިނާއަތަކަށް ހަދަންޖެހޭކަމަށެވެ. އަދި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ތިމާވެށީގެ މައްސަލައަށް ހައްލު ހޯދުމުގައި މެރިޓައިމް ސިނާއަތް ތިމާވެއްޓާއި ރަށްޓެހި ސިނާއަތަކަށް ހަދަންޖެހޭކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ތިމާވެއްޓާއި ރަށްޓެހި ސިނާއަތަކަށް މެރިޓައިމް ސިނާއަތް ހެދުމަށް ދަތިތަކެއް ހުރިނަމަވެސް، އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.
"އެމަސައްކަތް ކުރަންޖެހޭ. އަޅުގަނޑަށް އެނގޭ އަދިއެއް ނެތްކަން އެ ޓެކްނޮލޮޖީ އެންމެ ފުރިހަމަ ގޮތުގައި. އެހެންނަމަވެސް އެކަމަށް މަސައްކަތް ކުރަންޖެހޭ" މިނިސްްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްްޓަރ އަސްލަމްގެ ވާހަކަފުޅުގައި ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެެވެ.

ކިޔުންތެރިންގެ ހިޔާލު