ޣައްސާާން މައުމޫން (ވ) އަދި ބައްޕާފުޅު މައުމޫން އަބްދުލް ޤައްޔޫމް (ކ) : ޣައްސާން ވިދާޅުވަނީ އައިލާއިން ބޭރުން އަންނަ ހަމަލާތައް ދިފާޢު ކުރައްވާނެ ކަމަށް
ޣައްސާާން މައުމޫން (ވ) އަދި ބައްޕާފުޅު މައުމޫން އަބްދުލް ޤައްޔޫމް (ކ) : ޣައްސާން ވިދާޅުވަނީ އައިލާއިން ބޭރުން އަންނަ ހަމަލާތައް ދިފާޢު ކުރައްވާނެ ކަމަށް
އާއިލާއިން ބޭރުންދޭ ކޮންމެ ހަމަލާއެއް ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ދިފާއުގައި ދަރިކަލުން ޣައްސާނު މައުމޫން ތެދުވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫން މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ، ސޯޝަލް މީޑިއާގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކަވާފައިވަނިކޮށެވެ. މީރާގެ އެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވީ ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތް ކަމަށެވެ.

އަދި ރައީސް މައުމޫން ގައުމަށް ކުރައްވާފައިވާ ހިދުމަތްތަކާއި އެއްވަރަށް ދުވަހަކުވެސް ވަޑައިނުގެންނެވޭނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވިދާޅުވީ އާއިލާއިން ބޭރުންދޭ ކޮންމެ ހަމަލައެއް ދިފާއު ކުރައްވާނެ ކަމަށެވެ.

"ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތް. ކުރިމައްޗަށް އަންނަން ކީއްކުރަން، ހިދުމަތުގެ ގޮތުން ހިނގި މަގަކުންވެސް ނުހިނގޭނެ. އާއިލާއިން ބޭރުން ދެވޭ ކޮންމެ ހަމަލައެއް ދިފާއު ކުރާނަން." ޣައްސާނު ވިދާޅުވިއެވެ.

ޣައްސާން މިފަހުން ގެންދަވަނީ ރައީސް މައުމޫންގެ ޒަމާންވީ ވާދަވެރިންނަށް ވަރުގަދައަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ޣައްސާނުގެ ބައްޕާފުޅު ރައީސް މައުމޫނު ޖަލަށް ލުމުން ވެސް އެކަމާ މެދު އެއްޗެއް ވިދާޅުނުވެ ސަރުކާރުގެތެރޭގައި ހުންނެވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޣައްސާނަށް އަމާޒުވެގެން ގޮސްފައިވެއެވެ.

ރައީސް މައުމޫނާއެކު ނުހުންނަވާ ރައީސް ޔާމީނާއެކު ޣައްސާން، މަސައްކަތް ކުރައްވާތީ އެކަމާއި ގުޅިގެން ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ޣައްސާނަށް އަމާޒުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ކިނބޫ

17-Jun-2020

ސާބަހޭ ޣައްސާނު. ބައްޕާފުޅުގެ ހިޔަނިން މަގާމާއި ޖާހަށް މަސައްކަތް ކުރައްވާ ދެބޭފުޅަކު މަރުފަލި ޖައްސަވާ އެބަ.


-4

ގެއްލިފަ

16-Jun-2020

ކީއްކުރަނީ ދެންތިބި މީހުން ތިބީ ސަރުކާރު ފަޅިން ލިބޭ އެތިކޮޅު ގެއްލިދާނެ ކަމައް ބިރުން ފިލާ.


0

ސަނީ

16-Jun-2020

އެއީތެދެއް އޭނައެކަންކުރާނެ އޭނަގެ ބައްޕަ ޖަލުގައި އޮތްއިރުވެސް އޭނަނިދީ ގޮޅިންބޭރު ދޮރުމަތީގައި ކުނަލެއްއަޅައިގެން ބައްޕަގެ ދިފާއުގައި!



ޓްރެންޑިން