ރިޔާސީ ވައުދުތަކަކީ ސިޔާސީ ޕާޓިތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް ދައްކަވާ ވާހަކަފުޅުގައި ކޮށްދެއްވަން ވިދާޅުވާ ކަންތައްތަކަކީ ރިޔާސީ ވަޢުދު ނޫން ކަމަށެވެ. އަދި ރިޔާސީ ވައުދަށް ވާނީ ސިޔާސީ ޕާޓީތަކުން މެނިފެސްޓޯގައި ލިޔެފައިހުންނަ ކަންކަން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، މީގެ ކުރީގައި ބައެއް ޕާޓީތަކުން، އެޕާޓީން އިންތިޚާބުގެ ތެރޭގައިވީ ވަޢުދުތަކަކީ ބެނާތައް ތައްގަނޑުޖެހި ކުދިން ލިޔުނު އެއްޗެއްކަމަށްވެސް ބުނެފައިވާކަމަށެވެ.
"އިއްޒަތްތެރި މެންބަރުން ވަރަށް ގިނައިން ވިދާޅުވޭ ރައީސް ރިޔާސީ ވައުދުގެ ގޮތުގައި ވިދާޅުވެފައިވާ ވަޢުދުތައް. ޢާންމު އުސޫލެއްގައި ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދުތަކަކީ ސިޔާސީ ޕާޓިތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް." ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ކޮންމެ ބަސްފުޅަކީ ވައުދެއްކަމަށް، ޤާނޫނެއްކަމަށް، ނުވަތަ ހުކުމެއްކަމަށް ހެއްދެވުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު