އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އެކުލަވާނުލާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މައްސަލަ ބަލައިގަތުމަށް ފާސްވީ 27 މެމްބަރުންގެ ވޯޓާއެކުގައެވެ. މައްސަލަ މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް 3 މެމްބަރަކު ވޯޓު ދެއްވިއެވެ.
އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލާގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ރާއްޖޭގައި ދީނީގޮތުން ހިޔާލުތަފާތުވުން އުފެދޭ ކަންކަމުގައި ދިރާސާކޮށް ލަފާދިނުމަށް އެކުލަވާލަންޖެހޭ ފަތުވާ މަޖިލީހުގައި ކުރިން ތިއްބެވި މެންބަރުންގެ ދައުރު ހަމަވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
އިސްލާމް ދީނުގައި ހުރި ޚިލާފު އުފެދޭ މައްސަލަތައް ޙައްލުކުރުމަށް ފަތުވާ މަޖިލީހުގެ ދައުރު ބޮޑުވެފައިވާ ކަމަށް މައްސަލާގައި މެންބަރު ފާހަގަ ކުރަށްވާފައިވެއެވެ. އަދި އެފަދަ ޚިލާފުތައް އެއްގޮތްކޮށް ފަތުވާ ނެރޭނެ މަޖިލީހެއް ނެތުމުގެ ސަބަބުން ދީނީ ހިލާފްތަކާއި ހަރުކަށި ފިކުރު އިތުރުވެ، ލޭ ހުއްދަކުރުމާއި ނިރުބަވެރި އަމަލުތައް ހިންގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހިނގަމުންދާކަމަށް އާދަމް ޝަރީފްގެ ކުއްލި މައްސަލާގައިވެއެވެ.
ފަތުވާދޭ މަޖިލީހުގެ މެމްބަރުންގެ ފަސް އަހަރުގެ ދައުރު ފުރިހަމަވެ، މިވަގުތު އެމަޖިލިސް އޮތީ ހުސްކޮށެވެ. މިމަޖިލީހަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 އޭޕްރީލް 25 ގައި އުފެއްދެވި މަޖިލީހެކެވެ.
ފަތުވާ މަޖިލީހުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު، މިމަހުގެ އަށްވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަތުވާ މަޖިލިސް އަލުން އެކުލަވާލުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ.
މިއުވާން ވިދާޅުވީ މި ސަރުކާރުން "ފިގުހު ކޮމިޓީ" އެކުލަވާލުމަށްޓަކައި މަޖިލީހުގެ ހިނގަމުންދާ ދައުރަށް އެއިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު