ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުނު ފަހުން ނަގާފައިވާ ޑްރޯން ފޮޓޯއެއް؛ އީޕީއޭ އިން ދަ ނީ ގުޅިފަޅު ހިއްކުމުން ވެއްޓަށް އަންނަ ބަދަލުތައް ދިރާސާ ކުރަމުން
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުނު ފަހުން ނަގާފައިވާ ޑްރޯން ފޮޓޯއެއް؛ އީޕީއޭ އިން ދަ ނީ ގުޅިފަޅު ހިއްކުމުން ވެއްޓަށް އަންނަ ބަދަލުތައް ދިރާސާ ކުރަމުން
ގުޅީފަޅުން ބިންހިއްކަން ފެށުމުގެ މުނާސަބާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފިއެވެ.

މާލޭގެ ކޮމާޝަލް ހާބަރު ކ. ގުޅިފަޅަށް ބަދަލުކުރަން ގުޅިފަޅުން ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބީލަމަށް ނުލައި އެ މަސައްކަތް 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ހަވާލުކުރީ ބޮސްކާލިސްއާ އެވެ. ގުޅިފަޅުން ހަ މިލިއަން އަކަ މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، ބައިނަލްއަގުއާމީ ފެންވަރުގެ ޕޯޓެއް ރާއްޖޭގައި ގާއިމްކުރުމަށް ގުޅީފަޅުން ބިން ހިއްކަން ފެށުމުގެ މުނާސަބާތުގައި އެމްޑީޕީގެ ލީޑަރ ޝިޕުން މިއަދު ރައީސް ސޯލިހަށް މަރުހަބާ ދަންނަވައި ބޮޑިބަތް ކާނެ ކަމަށް ހީކުރެއްވުނު ކަމަށެވެ.

"ކުރީގެ ޗެއާޕާސަންގެ ގޮތުން އަޅުގަނޑު ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން." އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމުގެ މަގާމު ފުރުއްވި މޫސާ މަނިކު ވިދާޅުވިއެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫޢަކީ 2008 ގައި ވެރިކަމާއި ހަވާލުވި އެމްޑީޕީގެ ސަރުކާރުން ފެށި މަސައްކަތެކެވެ. އޭރު ރީކޯ މޫސައަކީ އެޕާޓީގެ ޗެއަރޕާސަންގެ އިތުރުން ޕާޓީގެ ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ.

ގުޅިފަޅު ބިންހިއްކަން ފަށައިފައިވާއިރު، ގުޅިފަޅުގެ މާސްޓަ ޕްލޭނާއި މާލޭ އުތުރު ބަނދަރުގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރުގެ ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. އެ ދެ މަސައްކަތް ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާ ހަވާލުކުރީ، ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް، 650،000 ޑޮލަރު (10 މިލިޔަން ރުފިޔާ) އަށެވެ.



ކިޔުންތެރިންގެ ހިޔާލު


-22

ހަސަނު

16-Jun-2020

ބަެއެއް މީހުން މޭކަރާނެ އެކަމަށް މަކުރާނެ ކަމެއް ނެތް މިސަރުކާރުގެ މަޝްރޫއު ތައް ހުއްޓުވަން ވެސް ސަރުކަރުތެރެއިން ނާއި ބޭރުން ވެސް އެބަ މަސައްކަތް ކުރޭ އެކަމަކު ރައީސް ހުންނެވީ ފަސްނުޖެހި ކުރިޔައްދާގޮތައް


6

ޖައުފަރު

16-Jun-2020

ސާބަހޭ ރައީސް އިބޫ ކޮންމެހާލަތެއްގަވެސް މިސަރުކާރުން ވައުދު ފުއްދާނެ



ޓްރެންޑިން