އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ޙައްޖަށް މީހުން ގެންދިއުމަށް އެންމެ ފަހުވަގުތު ފުރުޞަތު ހުޅުވާލިނަމަވެސް ރާއްޖެއިން އެ ފުރުޞަތުގެ ބޭނުން ހިފާނެކަމަށާއި، ދިވެހި ރައްޔިތުންނަށް އެފުރުޞަތު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައު ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް އެންމެ ފަހުވަގުތު ފުރުޞަތު ލިބުނަސް، ޙައްޖަށް މީހުން ފޮނުވޭވަރަށް ސަރުކާރުން މިކަމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށެވެ. ޒާހިރު ވިދާޅުވީ، ކޯވިޑް-19ގެ މިހާރުގެ ޙާލަތަށް ރިޔާޢަތްކޮށް ޤައުމުތަކުން ޙައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން ސަޢުދީޢަރަބިއްޔާގެ ސަރުކާރުން ވަރަށް ބޮޑެތި ދިރާސާތަކެއް ކުރަމުން ގެންދާކަމަށެވެ.

"އެންމެ ފަހުވަގުތާ ހަމައަށްވެސް ދިވެހިރާއްޖެއަށް ފުރުޞަތު ލިބިއްޖެކަމަށް ވެއްޖެނަމަ ޙައްޖަށް މީހުން ގެންދިއުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އަޅުގަނޑުމެން ބަލާނީ އެންމެ ފަހު ވަޤުތާއި ހަމައަށްވެސް ފުރުޞަތެއް ލިބޭތޯ. ފުރުޞަތެއް ލިބިެއްޖެކަމަށްވަންޏާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ތަނަވަސްކޮށްދޭނަން" ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ޤައުމުތަކުން ޙައްޖަށް މީހުން ގެންދެވޭނެ އެންމެ މަދު ޢަދަދެއް ކަނޑައަޅައިގެން އެފުރުޞަތު ދިނުމަށް ސަޢުދީ ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން އެނގިވަޑައިގެންފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާ ރާއްޖެ ކުރިމަތިލީ ޙައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ކުންފުނިތައް ހޮވުމަށް މިނިސްޓްރީން އިޢުލާންކޮށް، އެމިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

ކޮންމެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މީހުންނަށް ފުރުޞަތު ދެމުން އައިސްފައިވީނަމަވެސް މިއަހަރު ދެލައްކަ ހަތްދިހަ ހާސް މީހުން ޙައްޖަށް ގެންގޮސް އަދި ވަކި އިންތިޒާމްތަކަކާއެކު ވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޤައުމުތަކަށް ހުޅުވާލުމަށް ސައޫދީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަމާގުޅޭ ކަންކަން މަޑުޖައްސައިލުމަށް ސައޫދީ ސަރުކާރުން މީގެ މަހެއްހާ ދުވަސް ކުރިން ވެސް ވަނީ ގައުމުތަކަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

މަރިޔަމް

17-Jun-2020

الحمد لله



ޓްރެންޑިން