ފްރަންޓްލައިންގައި މަސައްކަތް ކުރާ ބަޔަކު ހަރަކާތްތެރިވަނީ
ފްރަންޓްލައިންގައި މަސައްކަތް ކުރާ ބަޔަކު ހަރަކާތްތެރިވަނީ
ރާއްޖެ އިން މިއަދު އިތުރު 30 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 229 މީހުން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑް-19 އަށް 30 މީހަކު މިއަދު ޕޮޒިޓިވްވެފައި ވާއިރު މީގެތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.

މިއަދު ރާއްޖެއިން ކޯވިޑް- 19 އަށް ޕޮޒިޓިވްވި 30 މީހުންނާއެކު ރާއްެޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ 2065 އަކަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 229 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1540 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބީ 515 މީހުންނެވެ.

މިހާރު އައިސޮލޭޝަންގައި ތިބީ 362 މީހުންނެވެ. ކަރަންޓީންގައި ތިބީ 356 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން