ސްކޫލް ކުދިބަޔަކު އިތުރު ހަރަކާތުގައި:  ބަލި ނެތް ރަށްރަށުގެ ސްކޫލްތައް އަންނަ ޖުލައި އެކެއްގައި ހުޅުވަން ވަނީ ނިންމާފައި
ސްކޫލް ކުދިބަޔަކު އިތުރު ހަރަކާތުގައި: ބަލި ނެތް ރަށްރަށުގެ ސްކޫލްތައް އަންނަ ޖުލައި އެކެއްގައި ހުޅުވަން ވަނީ ނިންމާފައި
ކޯވިޑް-19 ނެތް ރަށްރަށުގައި، އަންނަ ޖުލައި މަހުގެ 1 ގައި ސްކޫލްތައް ހުޅުވާލަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގްރޭޑް 01 އިން ފެށިގެން މަތީގެ ހުރިހާ ގްރޭޑް ތަކަކަށް ކިޔެވުން ފަށާނެ ކަމަށެވެ. ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ ހަފްތާއަކު ހަތަރު ދުވަހު ކަމަށާއި، ކިޔެވުން އޮންނާނީ ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

.އައި އާދަތަކުގެ އުސޫލުތަކުގައި ހިމެނޭ ކަންކަމަށް އަލިއަޅުއްވާ ލައްވަމުން މިނިސްޓަރު ވިދާޅުވީ ކުދިން ސުކޫލުގެ ގޭޓުން އެތެރެވެވޭނީ ހުން ހުރިތޯ ބެލުމަށްފަހުގައި ކަމަށެވެ. ޢެގޮތުން ކޮންމެ ގޭޓެއް ކައިރީގައި ތަމްރީން ލިބިފައި ހުރި އޮފިޝަލުން ދަރިވަރުންގެ ހުންބެލުމާއި އެހެންވެސް އަލާމާތެއް ހުރިތޯ ބަލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވާލާއިރު ޓީޗަރުންނާއި، ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ސްކޫލުގެ ގޯތި ތެރެއަށް ވަދެވޭނީ މާސްކު އަޅައިގެން ކަމަށެވެ. ސާޖިކަލް މާސްކު އަދި ފޮތި މާސްކުގެ ތެރެއިން ބޮޑަށް ބާރުއަަޅަނީ ދަރިވަރުން ފޮތި މާސްކު ބޭނުން ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެ މާސްކަކީ އަބަދު ކުދިން އަތްލައިގެން އުޅެން ޖެހޭ މާސްކަކަށް ވެގެން ނުވާނެ، ބާރުވެގެން މާ ދޫވެގެން ވެސް ދަރިވަރުން ކުޅެންޖެހޭ އެއްޗަކަށް ވެގެން ނުވާނެ ޓީޗަރުން، ސުކޫލަށް ވަންނަ ކޮންމެ މީހެއް ވެސް މާސްކް އަޅައިގެން ވަންނަންޖެހޭ ގޮތަށް މިވަނީ ހަމަޖައްސާފަ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ހައިރިސް ކުދިންގެ މައުލޫމާތުތައް އެއްކޮށް އެކުދިންގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތް ސުކޫލުތަކާއި މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. ކުލާސްރޫމްގައި ތިބޭ ކުދިންގެ އަދަދު ދެބައިކުޅަ އެއްބަޔަށް ދައްކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކްލާސް ރޫމްތަކުގެ ސައިޒް މިހާރު މިވަނީ ކުޑަކުރެެވިފައި، ގާތްގަޑަކަށް 30 ނުވަތަ 32 ކުދިން ތިބޭ ކުލާހެއްގައި މިހާރު 16 ކުދިން، އެއްވަގުތެއްގައި ތިބޭގޮތަށް މިވަނީ ހަމަޖަައްސާފަ، ސުކޫލަށް ކުދިން ވަދެގެން އަންނައިރު ފިޒިކަލް ޑިސްޓެންސް މެޝާސް ގާއިމްކުރެވިފައި ހުންނާނީ، ކުދިން އެއްވެ އުޅޭ ކޮމަން އޭރިޔާތަކުގައި މާކްތަކެއް ލެވި ދަރިވަރުން އުޅޭނެ ގޮތް ހަމަޖައްސަައިފައިވާނީ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ބޭނުންވާނެ ސާމާނު ގަނެ ސުކޫލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލުތައް ހުޅުވާނީ ފޭސްތަކަކަކަށް ބަހާލައިގެންނެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށުގައި ކިޔަވައިދޭނީ ކީސްޓޭޖު ހަތަރެއް އަދި ފަހަކަށެވެ. ބަލީގެ އެއްވެސް އަލާމާތެއް ނެތް ރަށްރަށުގައި ގްރޭޑު އެކަކުން 12 އަށް ކުދިން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖަައްސާފައެވެ

ކޯވިޑް-19 އާއި ގުޅިގެން މާލެ ފިޔަވައި އެހެން ރަށްތައް މިހާރުވަނީ އާންމު ހާލަތަކަށް ގެނަސް ހުރިހާ ފިޔަވަޅުތަކެއް އުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން