ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله (އަދުރޭ) ހުންނެވީ ޕީޕީއެމްގެ ރައީސް ޢަބްދުالله ޔާމީންގެ ޚާއްސަ މަސައްކަތްޕުޅެއްގައި ލ. އަތޮޅުގައި ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވަނީ ރައީސް ޔާމީނަށް ޣައްދާރުވެ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމްގެ އަތުން ފައިސާ ނަންގަވާފައި ކަމަށާއި އަދި ސަރުކާރުން ދޫކުރާ 3 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުވެސް ނަންގަވާފައިކަމަށް ބުނެ ރާއްޖޭގެ ބައެއް މިޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.
އެޚަބަރު ދޮގުކޮށް އިދިކޮޅު ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله (އަދުރޭ) ހުންނެވީ ޕީޕީއެމްގެ ރައީސް ޢަބްދުالله ޔާމީންގެ ޚާއްސަ މަސައްކަތްޕުޅެއްގައި ލ. އަތޮޅުގައި ކަމަށެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުބާރު ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައި ވާކަމަށް ބުނެ ދައުރުވަނީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.
"އެފަދަ ޙަޤީޤަތެއް ނެތް ބޭކާރު ވާހަކަތަކުން މިޕާޓިގެ ލީޑަރޝިޕް ބައިބައިކޮށް މިޕާޓީ ބަލިކޮށްލެވިދާނެކަމަށް ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިވަގުތުވެސް ޕީ.އެން.ސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހުންނެވީ ރައީސް ޔާމީންގެ ޚާއްޞަ މަސައްކަތްޕުޅެއްގައި ލ. އަތޮޅުގައެވެ." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
ޕީޕީއެމް ކޯލިޝަން އޮތީ ރައީސް ޢަބްދުﷲ ޔާމީނާއެކު ވަރަށް ބަދަހިކޮށް ކަމަށާއި އެކޯލިޝަންގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުން ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެކުރަނީ ބޭކާރު އެއްވެސް ތާކުންތާކު ނުޖެހޭ މަސައްކަތެއް ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޙަޤީޤަތެއްނެތް އެފަދަ ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިންނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން، މިމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލާ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ. އަދި ނޫސްވެރިންވެސް ޒިންމާދާރުކަމާއެކު ޙަޤީޤަތާއި އެއްގޮތަށް ޚަބަރުތައް ރިޕޯޓު ކުރެއްވުމަކީ އެ ކޯލިޝަންގެ އިލްތިމާސެއް ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރެފައިވާ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު