ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
އާއްމުންގެ މީހަކަށް އަނިޔާކުރި ތިން ފުލުހަކު އިއްޔެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އާއްމުންގެ މީހަކަށް އަނިޔާކުރި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް އެއް ފުލުހަކުގެ މަގާމު ދަށްކުރަން އިއްޔެ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށެވެ. ކޮމިޝަނަރ ހަމީދު ވިދާޅުވީ މިއީ ފުލުހުންގެ މަސައްކަތް އިސްލާހް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ.

ފުލުހުންގެ އިދާރާ އިސްލާހް ކުރަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ފުލުހުންގެ ތެރޭގައި ހުރި އިސްލާހް ކުރަން ޖެހޭ ކަންކަމުގެ ވާހަކަ ފާހަގަ ކުރަން ވާނީ، ވަރަށް ސާފުކޮށް ރީއްޗަށް. އެފަދަ ވާހަކަތަކަކީ ހަރުކަށި، ބޭކާރު ވާހަކަތަކަކަށް ވެގެން ނުވާނެ." ސީޕީ ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ފުލުހުންގެ ތައުލީމީ ފެންވަރު ފާހަގަ ކުރައްވަމުން ކޮމިޝަނަރ ހަމީދު ވިދާޅުވީ ފުލުހުންގެ 34 އިންސައްތަ މީހުންނަކީ އޭލެވަލްއަށް ވުރެ މަތީ ފާހެއް އޮތް މީހުން ކަމަށެވެ. އަދި 220 ފުލުހުންނަކީ ޕޯސްޓް ގްރެޖްއޭޓް ފުލުހުން ކަމަށް ވެސް ސީޕީ ފާހަގަކުރެއްވިއެވެ.

"ދުނިޔެ ގަބޫލުކުރާ ހަޤީޤަތަކީ ފުލުހުންނަށް ފުލުހުންގެ ޒިންމާތައް އެންމެ ރަނގަޅަށް ދަސް ވާނީ އެމީހުންގެ ވަޒީފާ އިން ލިބޭ ތަޖުރިބާއިން ކަން. ތައުލީމީ ގޮތުން ލިބޭ ކުރިއެރުމަކީ ފުލުހުންގެ މަސައްކަތައް ދެވަނަ އަށް މުހިއްމު ކަންތައް." ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ.

ހަމީދު ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން ތަކުރާރުކޮށް ފުލުހުންގެ މުއައްސަސާ އިސްލާހް ކުރަން ޖެހޭ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


25

ދަވާލި19

21-Jun-2020

ދެން ކޮބާ ފުލުހުންނައް އަނިޔާކުރި އާއްމުންގެ މީހުން ހީލާފަ ޕާޓީ މެމްބަރުންގެ ގޮތުގަތިބެ އަނިޔާ ތަކިރާރުކުރަންވީތޯ އެކަމުން އިބުރަތް ހާސިލުކޮށް އެހެން މީހުންވެސް އެގޮތައް އަމަލު ކުރަންވީތޯ



ޓްރެންޑިން