ފުލުހުންގެ އަގު ވައްޓާލަން އެމްޑީޕީގެ މެމްބަރުން ދެއްކެވި ވާހަކަތަކަށް އެޕާޓީން މައާފަށް އެދުމަށް ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު ގޮވާލައްވައިފިއެވެ.
އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި، ލިބޭ ކޮންމެ ފުރުސަތެއްގައި ފުލުހުންގެ އަގުވައްޓާލުމަކީ ސަގާފަތަކަށް ނުހެދުމަށް ގޮވާލައްވާފައި ވެއެވެ. އަދި އެމްޑީޕީ އިދިކޮޅުގައި ތިއްބަސް އެއްކޮޅުގައި ތިއްބަސް އައި ބަދަލެއް ފެންނާން ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.
"ވެރިކަން ކުރާ ޕާޓީން މިކަމުގައި މައާފަށް އެދުމަށް ގޮވާލަން." ފުލުހުންގެ ބިލްގެ ބަހުސްގައި ފުލުހުންނަށް ފާޑުކިޔައި އެމްޑީޕީން ދެއްކި ވާހަކަ ތަކަށް އިޝާރަތް ކުރައްވަމުން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުންވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް ކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓުކޮޅަކާއި ދިގު އިސްޓާކީނު ލައްވައި ދަނޑިބުރިއެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މަޖިލިހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު (ބޯދިގު) ވަނީ ގޮވާލައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާގައި ހަރުކަށި ފިކުރުގެ މީހުންނާއި އެމްއެމްޕީއާރުސީގެ ވައްކަމުގައި ބައިވެރިވި މީހުންނާއި ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުންނާއި ގުޅުން އޮންނަ މީހުން ތިބި ކަމުގެ ތުހުމަތުވެސް ފުލުހުންގެ ބޮލުގަައި ވަނީ އަޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު