ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު
ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު
ކޯވިޑް-19އާއި ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތުގައި ޖިންސީ ފުރައްސާރައިގެ ތަފާތު 46 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ބުނާގޮތުން ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށާއި ޖިންސީ އަމަލެއް ހިންގަން އެދުމުގެ އިތުރުން ޖިންސީ އަމަލެއް ހިންގުމަށް ގެއަކަށް ވަނުމާއި ޖިންސީ ގޯނާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކެޓެގެރީ ތަކަށް ފެތޭ 46 މައްސަލައެއް ޕީޖީ އޮފީހުން ވަނީ ދައުވާ ކުރަން ފޮނުވާފައެވެ. ޕީޖީ ޝަމީމް ވިދާޅުވީ، އެކި އެކި ޖިންސީ ފުރައްސާރައިގެ މައްސަލުތަކުގައި ތުހުމަތު ކުރެވެނީ އެވެރެޖްކޮށް 35 އަހަރުގެ މީހުންނަށް ކަމަށެވެ.

https://twitter.com/HuShameem/status/1272711724165001216?s=19

މޯލްޑިވްސް ޕޮލިސް ސާރވިސްއަށް މިފަދަ މައްސަލައެއް ހުށަހެޅުމުން ތަހުގީގަށް 88 ދުވަސް ހޭދަވާއިރު، އެވެރެޖްކޮށް ދައުވާކުރުމަށް ކޯޓަށް ފޮނުވުމަށް ނަގަނީ 2.6 ދުވަސްކަމަށް ޕީޖީ ވިދާޅުވެފައިވެއެެވެ. ނަމަވެސް ތަހުގީގީ މަރުހަލާގައި އެ ކޭސްއާއި ގުޅޭ ފައިލްތަކުގެ މައުލޫމާތު ލިބޭކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މިކަމުގައި ހަރުދަނާ ފިޔަވަޅުތައް ނޭޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަމާބެހޭ އިދާރާ ތަކަށް ފާޑުކިޔަމުންނެވެ.

މިފަދަ މައްސަލަތަކުގެ ތަހުގީގާއި ޝަރުޢީ މަރުހަލާ އަވަސްކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރަކަށް ކޮމިޝަނަރ އޮފް ޕޮލިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުގައި މީގެ 3 ދުވަސް ކުރިން އެދިވަޑައިގެންފައިވާ ކަން ފާހަގަކޮށްލެވެއެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުލުހުން ޕީޖީގެ އަރިހުން މިފަދަ މައްސަލައެއްގައި މައްސަލަ ނިމެންދެން ތުހުމަތުކުރެވޭ މީހާ ހައްޔަރުގައި ބެހެއްޓުމަށް ހުށައެޅުމަށް އެދުނު ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން