ދިވެހި އަންހެނުން އުޅެނީ އެމީހުންގެ ހައްޤު މިންވަރާއި ބާރު އޮޅިގެން ނޫންކަމަށާއި، ދިވެހި އަންހެނުން އުޅެނީ އެމީހުނަށް ހައްޤު މިންވަރު ނުހޯދިގެން ކަމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ މިގޮތަށް ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާ ސިޔާސަތު ތަކުގައި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައި ވާހަކަ ދައްކަވަމުންނެވެ.
މިޤަރާރަކީ ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ހުށަހަޅާފައިވާ ޤަރާރެކެވެ.
ޤަރާރު ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމާއި އެ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި ޖިންސަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމުގައި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.
އީވާ ވިދާޅުވީ ހަމަހަމަކަން ގާއިމުކުރުމަށް ފާސްކޮށްފައި ހުރި ގާނޫނުތައް ތަންފީޒު ކުރުމަށް ކިހާ މަސައްކަތެއް ކުރެވިފައިވޭތޯ ބެލުމަށް އެކި މުއައްސަސާތަކަށް ލިޔެފައިވާކަމަށެވެ. އެގޮތުން ޤާނޫނުތަކަށް އަޅާނުލާ ހުރި މިންވަރު ޕްރޮސިކިއުޓާ ޖެނެރަލް މިކަމަށް ދެއްވާފައި ހުރި ޖަވާބުތަކުން ހާމަވާކަމަށް އީވާ ވިދާޅުވިއެވެ. އެގޮތުން ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކޯޓަށް ހުށަހެޅިފައިވަނީ 18 މައްސަލައެއް ކަމަށާއި ސާބިތުވީ ހަތަރު މައްސަލައެއް ކަމަށް އީވާ ވިދާޅުވި އެވެ.
ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ޤާނޫނު ފާސްކުރިތާ ހަ އަހަރު ވެފައިވާއިރު އެ ޤާނޫނުގެ ދަށުން ކޯޓަށް ހުށަހަޅާފައިވަނީ އެންމެ މައްސަލައެއް ކަމަށް އީވާ ވިދާޅުވި އެވެ. ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން 236 މައްސަލައެއް ހުށަހެޅިއިރު ސާބިތުވީ 97 މައްސަލަކަމަށާއި، ޖެންޑާ އިކުއަލިޓީ ގާނޫނު އެކުލަވާލިތާ ހަތަރު އަހަރު ވީއިރު އެގާނޫނުގެ ދަށުން ކޯޓަށް އެއްވެސް މައްސަލައެއް ހުށަހެޅިފައި ނެތްކަމަށް އީވާ ވިދާޅުވި އެވެ. އަދި މި ކަމުގައި މަދަނީ ކޯޓުން ޖަވާބެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 49 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު، އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއްގެނެސް، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި އަންހެނުންގެ ފުރިހަމަ ހިއްސާ ޤައުމީ ތަރައްޤީގައި އޮތުމަކީ ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއް ކަމުގައި ވީހިނދު، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެންމެ ފަހުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، 12 ޑިސެމްބަރު 2019 ގައި ޢަމަލުކުރަން ފެށި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރިކުރުމަކީ ޤައުމީ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އީވާ ފާހަގަކުރެއްވިއެވެ.
އީވާ ވިދާޅުވީ ދިވެހި އަންހެނުން އުޅެނީ އެމީހުންގެ ހައްޤު މިންވަރާއި ބާރު އޮޅިގެން ނޫންކަމަށާއި، ދިވެހި އަންހެނުން އުޅެނީ އެމީހުނަށް ހައްޤު މިންވަރު ނުހޯދިގެން ކަމަށެވެ. އަދި މުޖުތަމައުގައި އަންހެނުންނަށް ކުރެވޭ އަނިޔާތަކާއި އަދި ޤާނޫނާއި ގަވާއިދުގެ ތެރެއިން އަންހެނުންނަށް ކުރިއަރައި ދިއުމުގައި ހުރި ހުރަސްތަކަކީ ކޮބައިކަން މަޖިލީހުން ޕާލިމަންޓަރީ އިންކުއަރީއެއް ހަދައި އެކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އީވާގެ ޤަރާރުގައިވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު