ގިނަ ރަށްރަށަށް ފެންވަރު ރަނގަޅު ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުންދާއިރު، ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ މިހާރު ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ އިބްރާހިމް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ ހއ. އުތީމުގައި އިމާރާތްކުރި އައު އިންޖީނުގެ ހުޅުވުމަށް އިއްޔެ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުްމހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ އުތީމު ރައްޔިތުންގެ ޝަކުވާގެ އަޑު އެހީ މި ސަރުކާރުން އެކަނި ކަމަށް ކައުންސިލުން ބުނާ ވާހަކައަކީ ވަރަށް ތެދު ވާހަކައެއް ކަމަށެވެ. އަދި އިންޖީނުގެ މިއަދު ހުޅުވުމަކީ އެކަމަށް އޮތް ހެއްކެއް ކަމަށްވެސް އެނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް މިއަދު މި ކުރެވުމުންދާ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންނާއި މެދު ބަހައްޓަވާ އޯގާތެރިކަމުގެ ނަތީޖާ ކަމަށެވެ. އަދި ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ކަރަންޓުގެ ހާލަތު އޮތް ގޮތުން ކޮންމެ ވަގުތަކު ވެސް ކަރަންޓު ކެނޑިދާނެތީ އެކަމުގެ ކަންބޮޑުވުން އަބަދުވެސް އޮތް ކަމަށާއި އެގޮތުން މަސައްކަތްތައް ފެށުނުތާ ކުރީކޮޅު ކޮންމެ ހުކުރު ދުވަހަކުވެސް ރައީސް ގުޅުއްވާ ރަށްރަށުގެ ކަރަންޓުގެ ހާލަތު ބައްލަވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މަޝްރޫޢުތައް ނިމި ގިނަ ރަށްތަކަށް ކަރަންޓު ރަނގަޅަށް ލިބޭތީ ކަރަންޓް ކެނޑުމުގެ މައްސަލަ މަދުވެފައިވާ ކަމަށެވެ.

ހއ. އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެ އެކެވެ. އަލަށް ޢިމާރާތްކުރި އިންޖީނުގެއާއި އޮފީސް ޢިމާރާތް އިމާރާތްކޮށްފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން