ރަށްރަށަށް މީހުން ބަދަލުކުރި ޒަމާން މާޒީވެއްޖެކަމަށާއި، ދަތުރުފަތުރުގެ ނިޒާމުން ގުޅި ލާމެހިފައިވާ ރަށްތަކަކަށް މި ސަރުކާރުން ރާއްޖެ ހަދާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމަތި އާރުޓީއެލް ފެރީގެ ނެޓްވޯކުން ގުޅުވާލުން ރަސްމީކޮށް އިފްތިތާޙްކުރުމަށް ހއ. ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ކޮންމެ ރަށެއްގައި ހޮސްޕިޓަލާއި ހަޔަރ އެޑިއުކޭޝަން ސްކޫލެއް ނޭޅޭނެކަމާއި، ރާއްޖޭގެ އިޤްތިޞާދު އެކަމަށް ޖާގަ ނުދޭކަމަށް ބަލައި، ރަށްރަށުން މީހުން ބަދަލުކުރި ޒަމާން މާޒީވެއްޖެކަމަށެވެ.

އަސްލަމް ވިދާޅުވީ މިސަރުކާރުގެ ވިސްނުން މުޅިން ތަފާތުކަމަށާއި އަމިއްލަ ވަޒަނުން މީހުން ބަދަލުކުރުމަކީ އިންސާނިއްޔަތާ ޚިލާފްކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ރަށްރަށުން މީހުން ބަދަލުކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ލާމެހިފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް އަސްލަމް ވިދާޅުވިއެވެ.



އަސްލަމް ވިދާޅުވީ ރާއްޖޭގައި ލަފާފުރޭނެ ނިޒާމް ހުރިހާ ރަށެއްގައި އޮންނާނެކަމަށާއި، ހަމައެކަނި ބޭނުންވަނީ ދަތުރުކުރަން ފަސޭހަ ވަސީލަތްކަމަށެވެ.

މިނިސްޓަރ އަސްލަމްގެ ވާހަކަފުޅުގައި މިއަދުގެ ރާއްޖޭގެ ހުންގާނުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ ކެބިނެޓު ވަޒީރުންގެ ވިސްނުން ހުރީ ރާއްޖެ ތަރައްޤީކުރުމަށްކަމަށާއި، ރަށްތައް ވަކިކޮށް އޮތުމަކީ އުނިކަމެއްކަމަށް ނުބަލާ ކުރިއަށް ދިއުންކަމަށެވެ.

މިނިސްޓަރ އަސްލަމްގެ ވާހަކައިގައި، އާރުޓީއެލް ފެރީގެ ނިޒާމާއެކު މުޅި އިޤްތީޞާދު ބަދަލުކޮށްލާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި 82 އުޅަނދުން މުޅި ރާއްޖެ ގުޅާލުމުގައި ދަތުރުކުރާނެކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން