ނައިޖީރިޔާއިން މުމްބާއީއަށް ދަތުރުކުރި އެއާއިންޑިއާގެ ފުލައިޓެއްގައި މީހަކު މަރުވެއްޖެއެވެ.
40 އަހަރުގެ މި ފިރިހެންމީހާ މަރުވީ ފުލައިޓު ވައިގެތެރޭގައި އުދުހެމުންދަނިކޮށް ކަމަށް "ސްޓްރައިޓްސް ޓައިމްސް" ގައި ބުނެފައިވެއެވެ.
މިމީހާ މަރުވުމުގެ ކުރިން ވަރަށް ބޮޑަށް ތުރުތުރުއެޅި ކަމަށްވެއެވެ. އަދި އޭނާއަށް މެލޭރިއާ ޖެހިފައި ހުރިކަމަށް ފުލައިޓު ކުރޫ ކައިރީގައި އޭނާ ބުނިކަމަށްވެއެވެ.
ނޭވާލުމަށް ވަރަށް ބޮޑަށް އުނދަގޫވުމުން، ބޯޓިގެ ކްރޫން ވަނީ އޭނާއަށް އޮކްސިޖަންވެސް ދީފައެވެ. ނަމަވެސް އޭގެ ހިނދުކޮޅެއް ފަހުން އޭނާ ހޭނެތުނުކަމަށާއި، ފުލައިޓު ޖެއްސުމުގެ ކުރިން އޭނާވަނީ މަރުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން، އެއާޕޯޓު ތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ވަގުތެއްގައި، ހުންގަދަވެފައިވާ މީހަކު ފުލައިޓަށް އަރަން ހުއްދަދެވުނީ ކިހިނެއްކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
މިކަމާއި ގުޅިގެން "އެއާއިންޑިއާ"އިން ބުނެފައިވަނީ ފަސިންޖަރު މަރުވީ "ގުދުރަތީ މަރަކުން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު