ކޫއްޑޫ އިމާރާތެއްގެ ފުރާޅުމަތިން ވެއްޓި ބިދޭސީއެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

ކޫއްޑޫގައި މަސައްކަތްކުރާ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކު އިމާރާތަކުން ވެއްޓުމުން އިތުރު ފަރުވާއަށް ފުރަތަމަ ފޮނުވާލީ ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށެވެ. އެމީހާ އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، މިއަދު ހެނދުނު 8:10 ހާއިރު އެވެ.

އެމީހާ ވެއްޓުމުގެ ސަބަބުން ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް މަޢުލޫމާތުލިބެއެވެ. އެމީހާ މިވަގުތު އޮތީ ވެންޓިލޭޓަރުގައެވެ.

އޭނާއަށް އަނިޔާ ލިބިފައިވަނީ ކޫއްޑޫ އިމާރާތެއްގެ ފުރާޅުގެ ޓިނު ބަދަލު ކުރަން އުޅުމުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން