ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުންކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް ބޭއްވި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ ބޯޑް ގަވަނާރސް ބައްދަލުވުމުގެ ސެމިނާރގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވަނީ ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރު ފެށުނުއިރު ރާއްޖޭގެ ފަތުރުވެރިކަން ހުރީ އިއާދަވެފައިކަމަށާއި، އެކަމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަމުންދާ ފަރާތްތައްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިއަހަރު ރާއްޖޭގައި މުޅިން އަލަށް 10 ރިސޯޓް ހުޅުވިގެންދާނެކަމަށާއި އަދި މީގެތެރެއިން 3 ރިސޯޓް މިހާރު ވަނީ ހުޅުވިފއި ކަމަށެވެ.
މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާއިރު އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުންކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަންނަ 2023 ވަނަ އަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޒޫމް މެދުވެރިކޮށް ބޭއްވި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ ބޯޑް ގަވަނާރސް ބައްދަލުވުމުގެ މައުޟޫއަކީ "ރީއިމޭޖިނިންގ ޓޫރިޒަމް: ކަމިންގ ބެކް ފްރޮމް ދަ ބްރިންކް" މިމައުޟޫއެވެ.

On 27 Sept Minister @Mausoom_Maus participated in the “Reimagining Tourism: Coming Back from the Brink” Seminar of the Asian Development Bank’s 55th Annual Meeting of the Board of Governors 2022. At the Seminar Dr. Mausoom gave the keynote speech on #Maldives tourism recovery. pic.twitter.com/u4dEqtFNto
— Ministry of Tourism (@MoTmv) September 28, 2022
މިނިސްޓަރ ވިދާޅުވީ، މިއަހަރު ރާއްޖޭގައި މުޅިން އަލަށް 10 ރިސޯޓް ހުޅުވިގެންދާނެކަމަށާއި އަދި މީގެތެރެއިން 3 ރިސޯޓް މިހާރު ވަނީ ހުޅުވިފއި ކަމަށެވެ.
މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާއިރު އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުންކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަންނަ 2023 ވަނަ އަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޒޫމް މެދުވެރިކޮށް ބޭއްވި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ ބޯޑް ގަވަނާރސް ބައްދަލުވުމުގެ މައުޟޫއަކީ "ރީއިމޭޖިނިންގ ޓޫރިޒަމް: ކަމިންގ ބެކް ފްރޮމް ދަ ބްރިންކް" މިމައުޟޫއެވެ.
ކިޔުންތެރިންގެ ހިޔާލު