ޒަހީނުއްދީން ސަޢީދު   29 ސެޕްޓެމްބަރު 2022 - 22:35
ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު ރައީސް، އަބުދު ﷲ ޔާމީން އަބްދުލްގައްޔޫމް ދ.ކުޑަހުވަދޫ އަށް ވަޑައިގެންފި އެވެ.

ރައީސް ޔާމިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫއަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ޔާމިން ކުޑަހުވަދޫ އަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވާފައެެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ޔާމިން މި ދަތުރުފުޅުގައި ކުޑަހުވަދޫގައި މިރޭ ހާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ނިއްމާފައެވެ.



މިއީ އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ޓިކެޓް އެރުވިފަހުން ރައީސް ޔާމިން އަތޮޅު ތެރެއަށް ކުރަށްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް ޔާމިން ރިޔާސީ ކެމްޕޭން ފައްޓަވާފައިވާއިރު އެމްއެމްޕީއާރްސީގެ ބޮޑުހިޔާނާތުގެ މައްސަލައިގައި ހިމެނޭ ދެ ރަށެއްގެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ. އޭގެތެރެއިން ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނައިރު، އެ މައްސަލައިގައި ހެކިންގެ ހެކިބަސް ނަގާނިމި ދެން އޮތީ ހެއްކާގުޅޭގޮތުން ވާހަކަ ދެއްކުން ކަމަށް ކްރިމިނަލް ކޯޓުގެ މައްސަލަ ބައްލަވާ ގާޒީ ވަނީ އިއުލާންކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން