އަހުމަދު މަސްނޫމް   30 ސެޕްޓެމްބަރު 2022 - 15:42
ގދ. ތިނަދޫ ނެރުމައްޗަށް އެރި ދޯންޏެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާާޑު ސްކޮޑްރަންއިން އެހީތެރިކަމާއެކު ފުންކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ "ފަހިމަގު" ނަމަކަށް ކިޔާ މަސް ދޯންޏެއް، ގދ. ތިނަދޫ ނެރުމައްޗަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ ރޭ 20:40 ހާއިރުކަމަށެވެ.

ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް، ދޯނީގެ ނަގިލި ލުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ދިޔަވަރު ބޮޑުވުމުން ދޯނި ފުންކުރުމުގެ މަސައްކަތް ފަށައި، ރޭ 01:10 ހާއިރު އެ ދޯނި ވަނީ ފުންކުރެވިފައިކަމަށެވެ. މިހާދިސާ ހިނގިއިރު އެ ދޯނީގައި 15 މީހުން ތިއްބިއިރު އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން