ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ތަރައްގީކޮށްފައިވާ ރަންވޭ ރަސްމީކޮށް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް އެއަރޕޯޓުގެ ހުރިހާ ދަތުރުތައް 8 ގަޑިއިރަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ، މި ފެށޭ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އާ ރަންވޭ ހުޅުވަން މަސައްކަތް ކުރަމުން ދާކަމަށާއި، އެހެންކަމުން ރަންވޭ ހުޅުވުމަށް ބުދަ ދުވަހުގެ ރޭގަނޑު 11 އިން ފެށިގެން 8 ގަޑިއިރަށް އެއަރޕޯޓްގެ ހުރިހާ މޫވްމަންޓެއް މެދުކަނޑާލާނެ ކަމަށެވެ.

އައު ރަންވޭ ހުޅުވުމަށްފަހު، އެއާޕޯޓުގެ އޮޕަރޭޝަންސް އަލުން ފަށާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 7:00 އިން ފެށިގެންނެވެ.

ދިގު މިނުގައި 3400 އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ މި ރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ކުރީ ސަރުކާރުން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުންޏާއި ހަވާލުކޮށްގެން ތަރައްގީކުރި ރަންވޭއެކެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ރައްޓެހި

07-Oct-2022

މަހީކޮށްގެނ މިހުރީ ރައީސް ޔާމީނު އަމިއްލަނަމުގަ ނެގި ލޯނަކުން ކަމަށް މިތަން ހެދީ.



ޓްރެންޑިން