ސަރުކާރުތަކުން ފްލެޓް ލިބުނު މީހުން ނުދައްކާހުރި ކުލި ފަސްކޮށްދިނުމަށް އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް މިގޮތަށް ގޮވާލައްވާފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން ދީފައިވާ ގިނަ ފްލެޓްތަކަށް ގަވާއިދުން ކުލި ނުދައްކާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން 31 އިންސައްތައާއި 41 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން ގަވާއިދުން ކުލި ދައްކަމުން ނުދާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާނަމަ، ފްލެޓްތަކަށް މަހުން މަހަށް ފައިސާ ދައްކަންޖެހޭކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ ރިސޯޓުތައް ހިންގާ ފަރާތްތަކުންވެސް ބަރާބަރަށް މީރާއަށް ކުލި ދައްކަމުން ނުދާ ކަމަށެވެ. އަދި ސަރުކާރުންވަނީ ކުލި ނުދައްކާ ރިސޯޓުތަކުގެ ކުލިފަސްކޮށްދީފައިކަމަށާއި ހަމައެގޮތަށް ފްލެޓަށް ކުލި ނުދައްކާ ފަރާތްތަކުގެ ކުލިވެސް ފަހުގެ ތާރީޚަކަށް ފަސްކޮށްދިނުމަށް ޝަރީފް ގޮވާލެއްވިއެވެ.

"ރިސޯޓުތައް ހިންގާ ރިސޯޓު އޯނަރުން ބަރާބަރަށް މީރާއަށް ކުރި ދައްކާތޯ. ސަރުކާރުން ކީއްވެތޯ އެވާހަކަ ނުދައްކަވަނީ." ޝަރީފް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ 2000 ގެ ކުރީކޮޅު ސަރުކާރުން އަޅާފައިވަނީ 100 އެއްހާ ފްލެޓް ކަމަށާއި އޭރު ފައިސާ ނުދައްކާ މީހުންގެ އަދަދު 40 ޕަސެންޓަށް އެރިނަމަވެސް އެއީ ސަރުކާރަށް މާބޮޑު ބުރައެއް ނޫންކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގައި އެތައް ހާހަކުން ފްލެޓްތައް އަޅަމުންދާއިރު 40 އިންސައްތައެއްހާ މީހުން ގަވާއިދުން ފައިސާ ނުދައްކާ ނަމަ އެކަން ސަރުކާރަށް ދެކޮޅު ނުޖެއްސޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-7

އިއްބެ

07-Oct-2022

ޕާޓީއެއްއުފެއްދިއްޔާ ރައްޔިތުންކުރިމަތީގޮވަންޖެހޭނީމޮޔަތަ


-3

އިއްބެ

07-Oct-2022

މަނިކުފާނުގެވެރިކަމެއްގައިފުލެތުހިލޭދޭނަންތޯއެވެ މޮޔަގޮވަންޖެހޭނީވެސްވަކިވަރަކަށް


6

އަދުރޭ

24-Feb-2023

ކުލިދެއްކުން ފަސްކޮއްދޭކައްނުޖެހޭނެ ފަސްކޮއްދީފިނަމަ ޖެހޭނީ އަބަދުވެސް ފަސްމައްޗައް ފަސްއަޅަން އެގުރިމަންޓްގާ ސޮއިކުރީ ކުލިދައްކަން ސޮޔަކީ ކުރެވޭހުވައެއް