ބޯހިމެނުމުގެ މަސައްކަތުގައި މާލެ ސަރަހައްދުގައި ވާސިލްނުވެވޭ 900 އެއްހާ ތަން އަދިވެސް އެބަހުރިކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިއަދު ބުނެފި އެވެ.

އެމްބީއެސްއިން މިއަދު ބުނީ ބޯހިމެނުމުގެ އަމަލީ މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މިހާރު ނިންމާލާފައިވާ ކަމަށާއި ވަގުތީ ނަތީޖާ ނެރުމުގެ ބަދަލުގައި ދެން ބޯހިމެނުމުގެ ރިޕޯޓް ނެރޭނީ އެއްކޮށް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 20ގައި ކަމަށެވެ.

"ވަގުތީ ނަތީޖާ ވަކިން ނެރުމުގެ ބަދަލުގައި ކުރިން ވެސް ތާވަލުކުރެވިފައިވާ ދާއިމީ ނަތީޖާ ނެރޭ ތާރީހު 20 އޮކްޓޯބަރު 2022އަށް ބޯހިމެނުމުގެ ނަތީޖާ ނެރޭ ގޮތަށް މި ބިއުރޯ އިން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" އެމްބީއެސްގެ ބަޔާނުގައިވެ އެވެ.

އެމްބީއެސް އިން ބުނީ، މާލެ ސަރަހައްދުގައި ވާސިލްނުވެވޭ 900 އެއްހާތަން އަދިވެސް އެބަހުރި ކަމަށެވެ. އަދި އެ ތަންތަނުގެ މައުލޫމާތު ނުނެގި ހުރި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ތަޅުލާފައި ހުރުމާއި ގުޅޭނެ ގޮތް ނުވުމާއި މައުލޫމާތު ދެވޭ ވަރުގެ މީހަކާ ދިމާނުވުމާއި ރަށުން ބޭރުގައިވުމާއި އެޕޮއިންޓުމަންޓު ދިން ގަޑިތަކަށް އެމްބީއެސްގެ ޓީމުތަކަށް ނުދެވުން ހިމެނޭ ކަމަށެވެ.

އަދި މިހާތަނަށް ބޯހިމެނިފައިނުވާ މީހުންނާއި ތަންތަނުން އެބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400 އަށް އެންގެވުމަށް އެދޭކަމަށް އެ ބިއުރޯއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން