ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން
ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން
ރައީސް ޑރ.މުހަންމަދު ވަހީދު ހަސަންގެ ދެކަނބަލުންނަށް މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ޖައުފަރު (ޖޯރޭ) ގެ މައްސަލަ ނުބެލުމަށް އެދިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޖައުފަރަށް އެތައް މައްސަލައެއް ދިމާވެފައިވާ ކަމަށް އެނގިވަޑައިގަތުމުން އެމަނިކުފާނާ މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި ޖައުފަރުގެ މައްސަލަ ނުބެލުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ ފުލުހުން އެމަމައްސަލަ ބަލާނެ ކަމަށް ބުނެފައި ވަނީ އެމަނުކުފާނު ހުށައަޅުއްވައިގެން ނޫން ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ޖައުފަރަށް އެފަދަ މައްސަލަތައް ދިމާވެފައިވަނީ ސިޔާސީ ޕައުނެއްގެ ގޮތުގައި އޭނާ ބޭނުން ކޮށްފައިވާތީ، ސިޔާސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާތީ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. މީގެ އިތުރުން ޖައުފަރުގެ ފަރާތުން ރައީސް ވަހީދަށާއި އެމަނިކުފާނުގެ އާއިލާއަށް ލިބިފައިވާ ފުރައްސާރަތަކާ ގުޅިގެން، ރާއްޖޭގެ ގާނޫނުތައް މުގުރާލާފައި އެމަނިކުފާނަށް އާންމުން ފުރައްސާރަ ކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ހިތްވަރު ދީފައިވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށްވެސް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.

މި ކަމުގައި ރައީސް ވަހީދު އިތުރުފުޅު ހެއްދެވީ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ ހުށައަޅުއްވާފައެވެ. އެ މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ވަހީދުގެ އިނާޔަތްތައް ކަނޑާލުމަށާއި އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލައްވާފައެވެ.

ރައީސް ވަހީދު ވިދާޅުވެފައިވަނީ މަޖިލީހުގައި އެދުވަހު ކުރެވިގެންދިޔައީ ބޭކާރު ބަހުސެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން