ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް އެންމެ ފުރަތަމަ ބޭންކު ލޯނެއްވެސް ނުލިބުނު ކަމަށް ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އޮނަރަބަލް ޤާސިމް އިބްރާހިމް މިއަދު ވިދާޅުވީ އެންމެ ފުރަތަމަ ރިސޯޓެއް ހެއްދެވި މަރުހަލާގައި ބޭންކުން ލޯނެއް ވެސް ނުލިބުނު ކަމަށެވެ. އޭރު ޢުމުރުން އެންމެ 36 އަހަރުކަން ފާހަގަކުރަށްވަމުން ޤާސިމް ވިދާޅުވީ ކްރެޑިޓް ފެސިލިޓީއެއް ވެސް ހަމަޖެހުނީ އަމިއްލައަތުގައި ހުރި ފައިސާއިން ކުރިމަސައްކަތުންް ރިސޯޓު ހުޅުވުމަށް ތައްޔާރުވުމުން ކަމަށެވެ.
ޤާސިމް ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު ވަރަށްބޮޑެތި ގޮންޖެހުންތައް ހުރި ކަމަށާއި ނަމަވެސް ހިތްވަރު އެލުވާނުލައްވާ ކަމަށެވެ. އެގޮތުން ކޮންމެ މައްސަލައަކަށްވެސް ޙައްލު ހޯއްދެވިކަމަށް ޤާސިމް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކަންބޮޑުވާ ވަގުތުތަކަކީ ދުނިޔެއަށް ކުރިމަތިވާ އިޤްތިޞާދީ ދަތިކަމުގެ ޙާލަތްތައް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ރިސޯޓެއްގައި މީރުފެނުން ފެންވެރުމާއި އެއްޗެހިދޮވުމުގެ ޚިދުމަތްވެސް ދެއްވީ ގާސިމްގެ ރިސޯޓުތަކުން ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެއީ އޭނާގެ ރިސޯޓުތަކުގެ މިނިމަމް ރިކުއަޔަރމަންޓް ކަމަށް ޤާސިމް ވިދާޅުވިއެވެ. ހަމައެއާއެކު ރިސޯޓުތައް ތަރައްޤީކުރުމުގައި ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ފީލްޑުގައި މަސައްކަތް ކުރެއްވި ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ވިލާ ކުންފުންޏަށް ނަން ދީފައިވަނީ އުޑުގައި ދައުރުވާ ވިލާތަކަށް ނިސްބަތްކޮށް ކަމަށްވެސް ޤާސިމް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު