ޑެންގޫ ޖެހިގެން ފަރުވާދެމުންދިޔަ 8 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

ނޭފަތާއި އަންގައިން އަދި ގޮހޮރުން ލޭ އަންނާތީ ރ. އަތޮޅުގެ ރަށަކުން އިއްޔެ މާލެގެނަސް އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ކުއްޖާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެކުއްޖާ ނިޔާވީ، އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

މީގެކުރިންވެސް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު ފައިސަލް ވިދާޅުވެފައިވަނީ މި ހުމުގައި ބޮޑުވަރުވަނީ އެއް އަހަރުން ދަށުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަނުންޓުންނަށް މި ހުމުން ބޮޑުވަރުވާ ކަމަށާއި އެހެންކަމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރަށްވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވެ ދިޔަ ތިން މަހުވެސް ޑެންގޫ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބައްޔެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން