ބުންޑަސްލީގާގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށްވަނަ ފަހަރަށް ބަޔާން މިއުނިކް ހޯދައިފިއެވެ.
ޖަރުމަން ބުންޑަސްލީގާގެ ޗެމްޕިއަންކަން ބަޔާން ހޯދީ ބާކީ އަދި ކުރިއަށް ދެ މެޗު އޮއްވައެވެ. ރޭ ރަށުން ބޭރުގައި ލީގުގެ 17 ވަނައިގައި އޮތް ވާޑާ ބްރެމަން އަތުން ބަޔާން މޮޅުވީ 1-0 އިންނެވެ.
ރޭގެ މެޗުގައި ބަޔާންގެ ހަމަ އެކަނި ގޯލް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޑިފެންޑަރު ޖެރޯމް ބޯޓެންގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ފޯވާޑް ލެވަންޑޯސްކީ އެވެ. މިއީ މިސީޒަންގައި އޭނާ ޖެހި 31 ވަނަ ލީގް ގޯލެވެ. ލީގުގެ ރަން ބޫޓުގެ އިތުރުން ޔޫރަޕްގެ ލަނޑު ލިސްޓުގެ ކުރީގައި މިވަގުތު އޮތް ޕޮލަންޑް ފޯވަޑް ވަނީ ހުރިހާ މުބާރާތެއް އެއްކޮށްގެން މުޅިއެކު 45 ގޯލް މިސީޒަންގައި ކާމިޔާބުކޮށްފައެވެ.
ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ބަޔާންގެ ޑިފެންޑަރު އެލްފޮންސޯ ޑޭވީސްއަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ.
ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން 76 ޕޮއިންޓު ހަމަކޮށް، ލީގުގެ އެއްވަނައިގައި ބަޔާން އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ޖެހިޖެހިގެން އަށްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ބަޔާން ހޯދިއިރު، އެޓީމުން ވަނީ ބުންޑަސްލީގާ 29 ފަހަރު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު