ޖީއެމްއާރު ބޭރުކުރަން އިސްނެންގެވި ލީޑަރަކާމެދު ސުވާލު އުފެދިއްޖެއެވެ.
މީސްމީޑިއާގައި މިބަހުސް ފެށިފައިވަނީ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އަތުލުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ބޭނުން ނުވި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.
ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލަން ގާނޫނަށް އިސްލާހު ގެނައިއިރު އޭރުގެ އިދިކޮޅު އެންމެން ތިބީ އެއް އޮޑިއެއްގައި ކަމަށެވެ. ނަމަވެސް އެއްބަސްވުން ބާތިލުކުރުމަށް ރައީސް ވަހީދު އެންމެންގެ މަޝްވަރާއަށް އެއްކުރެއްވިއިރު ހިޔާލު މުޅިން ތަފާތުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމްއެންޕީގެ ރައީސް ނާޒިމަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން އެޕާޓީގެ ނާއިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޖީއެމްއާރު އެއްބަސްވުން އުވާލުމުގެ މަސައްކަތް ފެށީ ޢަދާލަތު ޕާޓީގެތެރޭގައި މިހާރުގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله އިސްވެ ހުންނަވައިގެން އުފެއްދެވި ފެކްޝަނަކުން ކަމަށެވެ. ނަމަވެސް އޭރު އިންޑިއާއިން ދިޔައީ ސިޔާސީ ލީޑަރުންނާއެކު މަޝްވަރާތަކެއް ކުރަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އިންޑިއާ އެމްބަސީން އޭރު ދިޔައީ އެކަން ހުއްޓުވުމަށް ވަލު ދޮރާށިން ސިޔާސީ ލީޑަރުންގެ މަދަދާއި އެހީ ހޯދަމުން. އެގްރީމެންޓް ކެންސަލްކުރީ ރައީސް ވަޙީދުގެ ކެބިނެޓުން." އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް އޭރު ހުންނެވީ ޑރ. ވަޙީދުގެ ކެބިނެޓްގެ ޑިފެންސް މިނިސްޓަރުގެ މަޤާމުގައިކަން ފާހަގަ ކުރަށްވަމުން ޝަރީފް ވިދާޅުވިއެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ސިލްސިލާ ހަރަކާތްތަކެއް އިސްވެ ފެށީ އަދާލަތު ޕާޓީގެ ތެރެއިން އުފެދުނު ފެކްޝަނަކާއި މަދަނީ ޖަމިއްޔާތަކުގެ ނަމުގައި ނުކުތް ބަޔަކު ގުޅިގެންނެވެ. އެ މީހުން މާލެއާއި އަތޮޅުތަކާއި މާލެ ސަރަހައްދުގެ ކަނޑުމަތީގައިވެސް ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވަމުން އެމްއެންޕީގެ ނާއިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލަން ނިންމީ ރައީސް ވަޙީދުގެ ސަރުކާރުގެ ކެބިނެޓުން ކަމަށެވެ. އަދި އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ކާނަލް ނާޒިމް ކަމަށް އުޝާމް ވިދާޅުވިއެވެ.
"27 ނޮވެމްބަރ 2012 ގެ ކެބިނެޓް ބައްދަލުވުމުގެ ޔައުމިއްޔާތައް މިހާރުވެސް ހުންނަންވާނެ. ކެބިނެޓްގެ ނިންމުން ތަންފީޒުކުރުމަށް އެންމެ މުހިންމު މަސައްކަތެއް އޭރު ކުރި އެކަކީ ކާނަލް ނާޒިމް. މިހަގީގަތް ބަދަލެއް ނުކުރެވޭނެ." އުޝާމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅުން ދޭހަވީ އެމަނިކުފާނަކީ އެހެން މީހުންނަށް ހެޔޮ ވިސްނިގެން ރަނގަޅު މަގަށް އެޅޭއިރުވެސް، ގޮތްދޫނުކުރައްވައި އުޅުއްވާ ބޭފުޅެއްކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ނެތްތަންތާނގައި ސިޔާސީ ބޭފުޅުންނަށް ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެ ކަމަށެވެ. އެކަމަކު އޭރު ހުރިހާ ސިޔާސީ ލީޑަރުންވެސް ތިއްބެވީ ޖީއެމްއާރާ އެކީ ކުރިއަށް ވަޑައިގަންނަވަން ކަމަށާއި މިއަދު ވެސް ތިބީ އިންޑިއާ އެކު ކުރިއަށް ދާން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެންނަމަވެސް ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.
ޖީއެމްއާރު އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ބުނެ ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނިން ވަނީ އެދިފައެވެ. ނަމަވެސް އާބިޓްރޭޝަނުން ވަނީ ބަދަލުގެގޮތުގައި ދިވެހި ސަރުކާރުން ދައްކަންޖެހޭނީ 271 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފައެވެ. އެފައިސާ ދެއްކީ ރައީސް ޔާމިންގެ ސަރުކާރުންނެެވެ. އަދި އެފައިސާ ދެއްކުމަށްފަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ލޯނު ނަގައިގެން ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު