ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުން ގައުމުގެ ސަލާމާތީ ބާރުތަކަށް ފާޑުކިޔަމުންދާއިރު އެ ދެ މުވައްސަސާ ހިންގަވަން ތިއްބެވި ވަޒީރުން އެއްޗެއް ވިދާޅުނުވެ ހަނު ތިއްބެވީ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެތީ ބިރުންތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު (ރީކޯ) ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ފުލުހުންނާއި ސިފައިން، އާއިލާތަކާއި ދުރުގައި ތިން ހަތަރު މަސް ވަންދެން ރައްޔިތުން ގޮވައިގެން ބުރަ އުފުލަމުންދާއިރު ސަރުކާރު ހިންގާ ޕާޓީގެ ރައީސާއި މެމްބަރުން ހިތުހުރި އެއްޗެއް އެމީހުންނަށް ގޮވަމުންދާއިރު އެ ދެމުއައްސަސާ ހިންގަން ތިއްބެވި ވަޒީރުން އެއްޗެއް ވިދާޅުނުވެ ތިއްބެވީ މަޖިލިސް މެދުވެރިކޮށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފާނެތީ ބިރުފުޅުންތޯ، އައްސަވާފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަކީ ގާނޫނު އަސާސީ ނެގެހެއްޓުމުގައި މިސާލު ދައްކަންޖެހޭ ގޮނޑިއެއް ކަމަށް މޫސަ ވިދާޅުވިއެވެ.
"ދައުލަތުގެ ކަރާމަތް ހިފަހައްޓާ އެ މަޖިލީހުން ހަދާ ގާނޫނުތަކުން އެހެން މުވައްސަސާތައް ހިންގަމުން ގެންދާއިރު، އެތަންތާގެ ކަރާމަތް ވެސް ހިިފަހައްޓަން ޖެހޭ ގޮނޑިއެެއް (ރިޔާސަތު). ޕާލިމެންޓްރީ ނިޒާމްގައި ބޮޑު ވަޒީރު އިންނަވާނީ އެގޮނޑިއަކު ނޫން." ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މިހާރު އިންނަވާ ރައީސް މުހަންމަދު ނަޝީދަށް އިޝާރަތް ކުރައްވަމުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް ޖަލްސާ ތަކުގައި ރިޔާސަތު ބެލެހެއްޓެވި މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ދައުލަތުގެ މުވައްސަސާތައް ގާނޫނު އަސާސީގައި ބުނާ އުސޫލުން މިނިވަންކަމާއެކު ދެމިއޮތުން ކަމަށާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ ނުވަތަ ކޯޓްތަކުން އެކަމަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ.
"ބާރުތައް ބެހިފައިވާއިރު ދައުލަތުގެ އެންމެ މަތީވެރިއަކީ ރައީސުލްޖުމުހޫރިއްޔާ ކަން ވަރަށް ސާފުކޮށް އެނގެން އޮވޭ." އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަން ކުރެއްވި މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ފުލުހުންގެ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓުބުރިއަކާއި ދިގު އިސްޓާކީނު ލައްވައި ދަނޑިބުރިއެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މަޖިލިހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު (ބޯދިގު) ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވާ ބަޔެއް ކަމަށް ވިދާޅުވެ ބޮޑެތި ޖިނާއީ ކުށްތައް ކުރާ މީހުންނާއި ފުލުހުންނާއި ގުޅުން އޮންނަ ކަމުގެ ތުހުމަތުވެސް މެމްބަރުން ވަނީ ކުރައްވާފައެވެ.
ރީކޯ މޫސަ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ކޯވިޑް-19 އާއި ގުޅިގެން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި އައިސޮލޭޓް ކުރާ މީހުންނާއި ކަރަންޓީނު ކުރާ މީހުން ބެލެހެއްޓުމުގެ އިތުރުން އެބައްޔާއި ގުޅިގެން ކުރާ ހުރިހާ މަސައްކަތެއްގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަނީ ދިވެހި ސިފައިންނާއި ފުލުހުންނެވެ. ގިނަ ފުލުހުންނާއި ސިފައިން އާއިލާތަކާއި ދުރުގައި ނުރައްކަލަށް ހުށަހެޅިގެން އައިސޮލޭޝަން ފެސިލިޓީތައް ބެލެހެއްޓުމަށް ރިސޯޓްތަކުގައި ތިބޭތާ 3 މަހަށްވުރެ ވެސް ގިނަ ދުވަސް ވަނީ ވެފައެވެ.
ފުލުހުންނާއި ސިފައިންގެ ދިފާއުގައި ވަޒީރުން އެއްޗެއް ވިދާޅުނުވާ ކަމަށް މޫސަ ވިދާޅުވެފައިވާއިރު ފުލުހުންގެ މުވައްސަސާ ބެލެހެއްޓުމުގެ އެންމެއިސްވެރިއަކަށް ހުންނަވަނީ ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ އެވެ. ސިފައިންގެ މުވައްސަސާ ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވެވަަޑައިގެން ހުންނެވީ އަލުއުސްތާޒާ މާރިޔާ އަހުމަދު ދީދީއެވެ. މިދެބޭފުޅުންގެ ތެރެއިން ވަޒީރު އިމްރާނަކީ އެމްޑީޕީން ތުހުމަތު ކުރާ 7 ފެބްރުއަރީގެ "ބަޣާވާތް" ހިންގުމުގެ އާރްކާޓީ ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރާ އެއްބޭފުޅެކެވެ. މާރިޔާ ދީދީއަކީ އެދުފަހު ދިފާޢީ ބާރުތަކުގެ ފަރާތުން އަނިޔާ ލިބިވަޑައިގެންނެވި އެއް ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު