ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވަމުންދާ ސިއްހީ އޮފިޝަލުން މަސައްކަތުގައި
ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވަމުންދާ ސިއްހީ އޮފިޝަލުން މަސައްކަތުގައި
ކޯވިޑް-19 ގެ ކާރވް ފަތި ކުރުމުގައި ރާއްޖެއިން ކާމިޔާބު ހޯދަމުން ދާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެޗްޕީއޭގެ ޑޭޝްބޯޑުގައިވާ މަޢުލޫމާތުން ދައްކާގޮތުން، ރާއްޖޭގައި މިބަލީގައި ފަރުވާދޭ މީހުންގެ ޢަދަދު މިހާރު ވަނީ 414 އަށް ދަށްވެފައެވެ. މިބައްޔަށް ރާއްޖޭގައި 2094 މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 1670 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ރާއްޖޭގައި 36857 ސާމްޕަލް ވަނީ ނަގާފައެވެ. ކަރަންޓީން ފެސިލިޓީގައި 331 މީހުން މިހާރު ތިބިއިރު، އައިސޮލޭޝަންގައި މިވަގުތު 347 މީހުންއެބަތިއްބެވެ.

ރާއްޖެއިން މިބަލި އެންމެ ގިނައިން ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 1102 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ބަލި ޖެހިފައިވާ ދިވެހިންގެ ޢަދަދަކީ 727 އެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހިގެން 8 މީހުން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، 4 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު


11

އަލީ ނަސީމް

21-Jun-2020

ގުދު ފަތިވަނީއެއް ނޫން. ރަނގަޅު ގޮތަކީ ކޮވިޑްގެ "ބާނި ތިރިވަނީ"



ޓްރެންޑިން