ޑްރަގުގެ މައްސަލަ އެއްގައި ފުލުހުން މީހަކު ހައްޔަރުކުރަނީ: ޑީއީޑީ އިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހަކަށް އަނިޔާ 11 ފުލުހަކަށް ދައުވާ ކުރަން ވަނީ ފޮނުވާފަ
ޑްރަގުގެ މައްސަލަ އެއްގައި ފުލުހުން މީހަކު ހައްޔަރުކުރަނީ: ޑީއީޑީ އިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހަކަށް އަނިޔާ 11 ފުލުހަކަށް ދައުވާ ކުރަން ވަނީ ފޮނުވާފަ
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައެއްގައި 11 ފުލުހެއްގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބުނީ އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުން ތަކެއް ބިދޭސީ އަކަށް އަނިޔާ ކުރި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް 11 ފުލުހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން އަށް ފުލުހެއްގެ މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށް ފުލުހުން ބުނެއެވެ. މައްސަލައިގައި ހިމެނޭ ފުލުހުންނަކީ ކްރައިމް ކޮމާންޑަށް ނިސްބަތްވާ ފުލުހުން ކަމަށްވާތީ، ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތްނުވާ އައިއޯއިންގެ މައްޗަށް އެކުލަވާލި ހާއްސަ ޓީމަކުންކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުންތަކަކަށް ދައުވާ ކުރަން ނިންމާފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި މ. އުޖާލާ ގެއަށް ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ވަދެ ބިދޭސީއަކަށް އަނިޔާކުރިތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވުމުންނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާކުރި ކަމަށް ބުނެ އިއްޔެ ވަނީ 3 ފުލުހަކު ވަޒީފާ އިން ވަކިކޮށް އެއް ފުލުހަކު ޑީމޯޓް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މުރޭ

21-Jun-2020

އެއީ ބިދޭސީއެއްވީމަ އަނިޔާކުރީ. މި ފުލުހުން އާރެއް ބާރެއް ނެތް ދެރަވަރުގެ ނިކަމެތިޢާއިލާތަކުގެ ކުދިންނަށްވެސް ހަމަ އެހާވަރު ހަދާ. ހަމަ ގައިމުވެސް މަހުޝަރު ދުވަސް އެ ފުލުހުންނަށްވެސް އަންނާނެ.



ޓްރެންޑިން