ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު އިންޑިޔާ ހައިކޮމިޝަނަރ އާއި ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު އިންޑިޔާ ހައިކޮމިޝަނަރ އާއި ބައްދަލުކުރައްވަނީ
ކޯވިޑް-19ގެ ސަބަބުން އިންޑީއާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެސްޓީއޯ އިން ގަނެ، ރާއްޖެ ނުގެނެވިފައި ހުރި ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް އިންޑިޔާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެސްޓީއޯ އިން އިންޑިއާ އިން ގަނެ، ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖެ ނުގެނެވިފައި ހުރި ބައެއް ސާމާނު ރާއްޖެ އަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި ކަމަށެވެ. މި ސާމާނުގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ބޭނުންކުރާ ބައެއް ތަކެތި ހުރި ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.



އިންޑިއާ އިން ރާއްޖެ ގެންނަ ސާމާނުގެ ތެރޭގައި ހިމެނެނީ އެކި ބާވަތުގެ މެޑިކަލް މާސްކާއި، ވެންޓިލޭޓަރުގައި ބޭނުންކުރާ އެމްބޫ ބޭގްތަކުގެ އިތުރުން އޮކްސިޖަން ގުޅަން ބޭނުންކުރާ ހޮޅި އާއި ލެބޯޓްރީގައި ބޭނުންކުރާ ފިލްޓާ ޓިޕްތައް އަދި ހަކުރު ޓެސްޓު ކުރުމަށް ބޭނުންކުރާ ސާމާނެވެ.

ކޯވިޑް-19 ގެ ސަބަބުން އިންޑިއާ ފަދަ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ރާއްޖެ އަށް ބޭނުންވާ ބައެއް ބޭސް ވެސް ގެނައުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެން ނަމަވެސް އިންޑިއާ ސަރުކާރުން އެ ބޭސްތައް ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި އިންޑިއާ އިން އެކްސްޕޯޓް ކުރުން ހުއްޓާލި ބައެއް ސާމާނު ވެސް ރާއްޖެ އަށް ދޫކުރާ ގޮތަށް އެ ގައުމުން ވަނީ ނިއްމާފައެވެ.

ކޯވިޑާއި ގުޅިގެންއިންޑިއާގެ ބޯޑަރު ބަންދުކޮށް އެކި ސަރަހައްދުތަކުގައި ކާފިއު ހިންގައިފައިވާތީ އެކި ސިޓީތަކުން ސާމާނު އުފުލުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން