ބްރޯޑްކާސްޓިން ޚިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ޤަރާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.
ޝިޔާމް ހުށައެޅުއްވި ޤަރާރުގައިވަނީ، ބްރޯޑްކާސްޓިންގެ ޚިދުމަތްދޭ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެ ހަމަހަމަ މާހައުލެއް ޤާއިމްކޮށްދިނުމަށް ގޮވާލާފައެވެ. އެގޮތުން ވޯލްޑްކަޕް މުބާރާތުގެ ރައިޓްސް ވަކިބަޔަކު ކޮންޓްރޯލްކޮށްގެން ގެންގުޅުން ހުއްޓުވައި ދިނުމަށް އެދިފައިވެއެވެ. އަދި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ދަޢުލަތުގެ މީޑިއާ ޕީއެސްއެމްއިން މެދުވެރިކޮށް ބެލޭނެކަށް ކަށަވަރު ކުރުމަށް ޝިޔާމްގެ ޤަރާރުގައިވަނީ ގޮވާލާފައެވެ.
ޝިޔާމްގެ ޤަރާރުގައި އިތުރަށް ބުނެފައިވަނީ ރީ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަކީ ދިވެހިޖުމްހޫރިއްޔާގެ ޢާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުޞޫލާ، ޚިލާފު ޤަވާއިދެއް ކަމަށެވެ. އެހެންކަމުން ބްރޯޑްކާސްޓުކުރުމުގެ ވިޔަފާރި މޮނޮޕޮލައިޒް ކުރުމުގެ ފުރުސަތު ނުދިނުމަށް އެ ޤަރާރުގައި ގޮވާލާފައިވެއެވެ.
ޝިޔާމްގެ ޤަރާރުގައި ވަނީ، ރީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ވާދަވެރި ވިޔަފާރިީގެ މާހައުލު ސިޔާސީ ގޮތުން ނުފޫޒުގަދަ ވަކިބައެއްގެ ބާރުން ނައްތާލުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން މަޖިލީހުގެ ޕާލިމެންޓްރީ އިންކުއަރީއެއް މެދުވެރިކޮށް ދެނެގަނެ އެ ހުރަސްތައް ނައްތާލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު