ހަށިވިއްކާ ތަންތަން ބަންދުކުރެވޭނެ ޤާނޫނު މިހާރުވެސް ރާއްޖޭގައި އެބަހުރި ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވީ ބަދުއަހުލާގީ އަމަލުތައް ހުއްޓުވައި އެކަމުން ސަލާމަތް ވުމަށް މިހާރު އޮތް ގާނޫނު ޒަމާނާ ގުޅޭ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ވިދާޅުވީ، ރާއްޖޭގައި ހެދިފައި ހުރީ މުސްކުޅި ނުވަތަ ކުރީގެ ގާނޫނު ތަކެއް ނޫން ކަަމަށެވެ. އެގޮތުން ގާނޫނުލް އުގޫބާތަކީވެސް ވަރަށް ފަހުން ފާސް ކުރެވުނު ޤާނޫނެއްކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ އިޖްތިމާއީ ފޭރާން ވީދިގެން ދަނީ ގާނޫނެއް ނެތިގެން ނޫން ކަމަށެވެ. އަދި މައްސަލަ އަކީ ގާނޫނު ތަންފީޒު ނުވުމާއި، ތަންފީޒު ކުރުމުގައި ތަފާތު ކުރުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ރާއްޖޭގައި ހިންގަމުންދާ ހަށިވިއްކާ ހުރިހާތަނެއް ވަގުތުން ވަގުތަށް ބަންދު ކުރެވޭނެ ޤާނޫނުތައް ރާއްޖޭގައި އެބަހުރި." ޑރ. ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ މީގެކުރިން އޮރިޔާން ކާޑު މާނަކުރާ ގޮތާއި މިހާރު މާނަކުރާގޮތް ތަފާތުކަމެކެވެ. އެގޮތުން ޒަމާނަށް އައިސްފައިވާ ބަދަލާއެކު ގާނޫނަށް ގެންނަ ބަދަލުތަކުގެ ދަށުން އެކަން އިތުރަށް ހަރުކަށިކޮށް، ފިޔަވަޅު އެޅޭނެ ފަހިގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

Raajjeyga hingamundhaa hashi vikkaa hurihaa thaneh Vaقthun Vaقthah bandhu kureveyne Qaanoonu thah raajjeyga eba huri. Namaves ekan nuvegen ulhenee keeve? Ee qaanoonu nethigeneh noon.
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 10, 2022
މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ މީގެކުރިން އޮރިޔާން ކާޑު މާނަކުރާ ގޮތާއި މިހާރު މާނަކުރާގޮތް ތަފާތުކަމެކެވެ. އެގޮތުން ޒަމާނަށް އައިސްފައިވާ ބަދަލާއެކު ގާނޫނަށް ގެންނަ ބަދަލުތަކުގެ ދަށުން އެކަން އިތުރަށް ހަރުކަށިކޮށް، ފިޔަވަޅު އެޅޭނެ ފަހިގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު