ނަފްސާނީ ބަލިތަކުގެ ފަރުވާގެ އަގުތައް ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރަށްވައި ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރާއިރު ނަފްސާނީ ދުޅަހެޔޮކަމަށްދޭ ސަމާލުކަން އިތުރުކޮށް، އެކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމަކީ އިސްކަން ދޭން ޖެހޭ މުހިއްމުކަމެއް ކަމަށެވެ.
އޭގެ އިތުރުން ރައީސް ޞާލިޙްގެ މެސެޖުގައި ނަފްސާނީ ބަލިތަކުގެ ފަރުވާގެ އަގުތައް ހެޔޮކުރުމަށްވެސް ގޮވާލައްވާފައިވެއެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ ޚަރަދު އަތްފޯރާ ފަށުގައި ލިބުމަކީ އެންމެނަށްވެސް ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވެފައިވާއިރު ނަފްސާނީ ބަލިތަކަށް ޚާއްސަ މަރުކަޒެއް ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެވަޢުދުގެ ދަށުން 2019 މާރޗް 25 ވަނަ ދުވަހު ސަރުކާރުންވަނީ ރާއްޖޭގައި މުޅިން އަލަށް ނަފްސާނީ ބަލިތަކަށް ފަރުވާކުރާނޭ ޚާއްސަ މަރުކަޒެއް ޤާއިމުކޮށްފައެވެ. މި ސެންޓަރު ޤާއިމުކޮށްފައިވަނީ އައިޖީއެމްއެޗުގައެވެ.
އެސެންޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް އެ ސެންޓަރުން ވަނީ ބައިލައްކައަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާފައެވެ. ހަމައެއާއެކު ސަރުކާރުންވަނީ ނަފްސާނީ ބަލީގެ ފަރުވާތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.

As we mark #WorldMentalHealthDay today, I call for a whole-of-society approach to bolster our commitment to raise awareness and make mental health and wellbeing for all a global priority. Timely and affordable access to mental health services must be a guaranteed right for all.
— Ibrahim Mohamed Solih (@ibusolih) October 10, 2022
ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވެފައިވާއިރު ނަފްސާނީ ބަލިތަކަށް ޚާއްސަ މަރުކަޒެއް ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެވަޢުދުގެ ދަށުން 2019 މާރޗް 25 ވަނަ ދުވަހު ސަރުކާރުންވަނީ ރާއްޖޭގައި މުޅިން އަލަށް ނަފްސާނީ ބަލިތަކަށް ފަރުވާކުރާނޭ ޚާއްސަ މަރުކަޒެއް ޤާއިމުކޮށްފައެވެ. މި ސެންޓަރު ޤާއިމުކޮށްފައިވަނީ އައިޖީއެމްއެޗުގައެވެ.
އެސެންޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް އެ ސެންޓަރުން ވަނީ ބައިލައްކައަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާފައެވެ. ހަމައެއާއެކު ސަރުކާރުންވަނީ ނަފްސާނީ ބަލީގެ ފަރުވާތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ހިޔާލު