ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މެއިންޓެނެންސް ސްޓާފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނިއުޝާ ވިދާޅުވި އެވެ. އޭނާއާ މަޖިލީހުގެ އިދާރާއިން ކޮންޓެކްޓްވީ ކިތައް ސްޓާފުންކަމެއް ސާފެއް ނުވެއެވެ.
މަޖިލީހުގެ އިދާރާގައި 140 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ރައްޔިތުން މަޖިލިސް އިދާރާގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، މަޖިލިސް މޮނިޓަރިންގެ ހާލަތަށް ގެނެސް މަޖިލީހުގެ އިދާރާ މިވަގުތު ވަނީ ބަންދުކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް މިހާރު ކުރިއަށްދަނީ މަޖިލީހުގައެވެ.

ކިޔުންތެރިންގެ ހިޔާލު