ރައްޔިތުން މަޖިލިސް ކުރާގެ (ރަސް ފޮޓޯ - ޝާހް)
ރައްޔިތުން މަޖިލިސް ކުރާގެ (ރަސް ފޮޓޯ - ޝާހް)
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ބަންދުކުރީ މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވުމާއި ގުޅިގެން އެ އިމާރާތް ޑިސްއިންފެކްޓް ކުރުމަށް ކަމަށާއި، އެކަން ނިމުމުން މަޖިލީހުގެ އިދާރާ ހުޅުވާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ އެތަނުގެ މެއިންޓަނެންސް ބައިގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އޭނާ އާއި ކޮންޓެކްޓްވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް އެޗްޕީއޭ އިން މިހާރު ވަނީ ފަށާފައެވެ.

މަޖިލީހުގެ މުވައްޒަފަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު މަޖިލިސް މިވަގުތު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނަސް ބަންދުކޮށްފައެވެ. އެންއީއޯސީ، ޓާސްފޯސްގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ މަޖިލިސް ބަންދުކުރީ ޑިސްއިންފެކްޓް ކުރުމަށް ކަމަށާއި، ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިލީހުގެ އިދާރާ ހުޅުވާލާނެ ކަމަށެވެ.

މުޅި މަޖިލީހުގެ އިދާރާގައި 140 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މެމްބަރުން ހާޒިރުވެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަލަނާސި.

18-Jun-2020

ކަމަނާ ބިރުގަތީދޯ... އެހެންނޫނީ ތިޔަތަނުންބޭރުވެސް ކޮށްފާނެ....



ޓްރެންޑިން