ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫން
ފުލުހުންގެ އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލުކުރިއަސް ކުލީ ސިފައިން ގެނެސް ބަޣާވާތް ނުކުރާ ކަމަށް ވާނެތޯ ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޣައްސާނު މައުމޫން ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރައްވައި ސުވާލެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫން ކުރެއްވި ޓުވީޓެއްގައި، ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލުކޮށް އެމްއެންޑީއެފް ބަންޑާރަކޮށީ ހުޅަނގު ދެކުނު ފަރާތުގައި ވާ ޝަހީދުންގެ ބިނާ ނެގިޔަސް ނޮވެމްބަރު 3 ގައި ކުލީ ސިފައިން ގޮވައިގެން މާލެ އަރާ ބަޣާވާތް ނުކުރާ ކަމަށް ވާނެތޯ ވިދާޅުވެ ސުވާލުރައްވާފައި ވެއެވެ. އަދި އެ ދުވަހު ދިވެހިން ޝަހީދު ނުކުރާ ކަމަށް ވާނެތޯ ޣައްސާން ސުވާލު ކުރެއްވިއެވެ.

" ނޮވެމްބަރ 3 ގައި ކުލީ ސިފައިން ގޮވައިގެން މާލެ އަރައި 19 ދިވެހިން ޝަހީދު ނުކުރާ ކަމަށް ވާނެތޯ؟" އެހާދިސާ ހިނގިއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ދަރިކަލުން ޣައްސާނުގެ ޓުވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.

މިހާރު މަޖިލީހުގައި ކުރިއަށްދާ ފުލުހުންގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެމްބަރުން ވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާ ކުލަ ވެސް ބަދަލުކުރުމަށް ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދުވެސް ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

3 ނޮވެމްބަރު 1988 ގައި ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނީ ހާޖަރާގެ އަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރެވެ. މިދެ ޚާއިނުން އިސްކޮށް ތިބެ ސްރީލަންކާ ހަނގުރާމަވެރި ޖަމާއަތަކާއެކު ރާއްޖެ އަރައި ދިން އުދުވާނީ ހަމަލާތަކުގައި ކުށެއް ނެތް 19 ދިވެހިން ޝަހީދު ކޮށްލާފައިވެއެވެ. އެހަމަލާ އިން ރާއްޖެ ދިފާއު ކުރުމުގައި ހަށިގަނޑާއި ފުރާނަ އިން އެންމެ ބޮޑު ގުރުބާނީއެއް ވީ އޭރު ސިފައިންގެ ތެރޭގައި މަސައްކަތްކުރި ޝަހީދު ހުސައިން އާދަމްއެވެ.

އޭނާގެ ގައުމީ ޚިދުމަތުގެ އަގު ދިވެހި ދައުލަތުން ވަޒަންކޮށް ޖިހާދުގެ ރަތްމެޑަލް އާއި ނޮވެމްބަރ 3 ގެ މެޑަލް ސަރުކާރުން ވަނީ ދީފައެވެ. ފުލުހުންގެ އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަކީ އޭނާ އިސްލާމްދީނާއި ދިވެހި ގައުމަށްޓަކައި ކުރި މަތިވެރި ގައުމީ ޖިހާދުގެ އަގުވަޒަންކުރުމުގެ ގޮތުން އޭރުގެ ރައީސް، އައުސްތާޒު މައުމޫން ޢަބްދުލް ގައްޔޫމުގެ ސަރުކާރުން ހެދި އިމާރާތެކެވެ.

ނޮވެމްބަރ 3 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ތިބި ދެ ޚާއިނުން ކަމަށްވާ އަބުދު ﷲ ލުތުފީއާއި ސަގަރު ނާސިރުގެ އިތުރުން އެ ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން އަތުލައިގަނެވުނު މީހުން މެރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ރައީސް މައުމޫން ވަނީ އެ ހުކުމް އުމުރު ދުވަހުގެ ޖަލުގެ ހުކުމަކަށް ބަދަލުކޮށް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ޙަމްނާ

21-Jun-2020

ގައްސާނު އެބުނީހަމަތެދު



ޓްރެންޑިން