ކެއަރސޮސައިޓީގެ ޓީޗަރެއްގެ 1 އަހަރު ދުވަހުގެ މުސާރަ ސްޓެލްކޯއިން ހަމަޖައްސައިދީފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން މިއަދު ބުނީ ކެއަރ ސޮސައިޓީގެ ދަށުން ހިންގާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ ޓީޗަރެއްގެ އެއް އަހަރު ދުވަހުގެ މުސާރަ އެކުންފުނިން ހަމަޖައްސައި ދީފައިވާ ކަމަށެވެ.
ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެދަށުން ކެއަރސޮސައިޓީގެ ޓީޗަރެއްގެ 1 އަހަރު ދުވަހުގެ މުސާރަ ހަމަޖައްސައި ކެއަރ ސޮސައިޓީއާ ސްޓެލްކޯއިން އިއްޔެ ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި ސްޓެލްކޯއިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފެވެ. ކެއާސޮސައިޓީން ސޮއި ކުރެއްވީ އެކްޒެކެޓިވް ޑިރެކްޓަރ އަޙްމަދު ޢާޠިފެވެ.
ކެއަރ ސޮސައިޓީއަކީ، ރާއްޖޭގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚިދުމަތް ދެމުން ގެންދާ ޖަމާޢަތެކެވެ. 1998 ވަނައަހަރު އުފެދުނު މި ސޮސައިޓީން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ، މުޖްތަމަޢުގައި ބޭނުން ހިފޭ ބަޔަކަށް ހެދުމުގެ ގޮތުން، އެފަދަ މީހުންނާއި ކުދިންނަށް ތަޢުލީމާއި ތަމްރީނުދީ، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު